ކުންފުނިތަކަށްވެސް ފްލެޓެއް ހުރި މީހަކަށް ސޯޝަލް ހައުސިންއެއް ނުދެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވީ، ސޯޝަލް ހައުސިން ލިބެންޖެހޭނީ ސޯޝަލް ކެޓަގަރީއަށް ފެތޭ މީހަކަށް ކަމަށެވެ. އެކަމުގައި ސަރުކާރުން އަޅާ ފްލެޓްތަކާއި، ކުންފުނިތަކުން އަޅާ ފްލެޓްތަކުގައި ތަފާތުކުރުމެއް ނުގެންގުޅެވޭނެކަމަށް އަސްލަމް މިއަދު ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން އަޅާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކެއް ކުންފުނީގެ މުވައްޒަފުންނަށް ޚާއްސަކުރުމަށް އިންކާރު ނުކުރަށްވާ ކަމަށާއި، ނަމަވެސް އެގޮތަށްވެސް ސޯޝަލް ހައުސިންގެ ދަށުން އަޅާ ފްލެޓްތައް ދޭންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ކެޓަގަރީއަށް ފެތޭގޮތަށް ކަމަށެވެ.
"ސޯޝަން ކެޓަގަރީއަށް ފެތޭ މީހަކަށް ސޯޝަލް ހައުސިންއެއް ލިބެން ޖެހޭނީ. އަދި ފްލެޓެއް ހުރި މީހަކަށްވެސް ފްލެޓެއް ލިބިގެން ނުވާނެ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުން ބޭރުން ފްލެޓްތަކެއް ދޫކުރުމަށް މަސައްކަތްކުރި ކަމުގެ މައްސަލައެއް އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން އެކަން ރަނގަޅުކުރެއްވުމަށް އެފަރާތަށް މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
މިނިސްޓަރ އަސްލަމް މިމޭރުމުން މަޖިލީހުގައި މިއަދު ވިދާޅުވެފައިވާއިރު، ސަރުކާރުގެ ކުންފުންޏަކުން އެކުންފުނީގެ އިސް މުވައްޒަފުންތަކަކަށް ފްލެޓްތަކެއް ބެހިކަމަށް ބުނާ ލިސްޓެއް މީސްމީޑިއާގައިވަނީ ޢާއްމުވެފައެވެ.
އެކަމާ ގުޅިގެން އެކުންފުނިން ބުނެފައިވަނީ ދައުރުވަމުން ދަނީ ފޭކު ލިސްޓެއް ކަމަށާއި، މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލާފައިވާ ޔުނިޓުތަކަކީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރަމުންދާ ހަތަރު މަޝްރޫއަކުން، ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާ އެއްގޮތަށް ލިބިފައިވާ ޔުނިޓުތަކެއް ކަަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު