މާލޭ ރައްޔިތުންނަށް ދޭނީ ލިޔުމެއް ނޫން ކަމަށާއި، ގޯތި ދައްކައި ފުލެޓުވެސް ދޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ގޯއްޗާއި ފްލެޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ވެފައިވާ ވަޢުދު ފުއްދަވާނެ ކަމަށެވެ. އެގޮތުން މާލޭ ރައްޔިތުންނަށް ދޭނީ ރައީސް ޔާމީންގެ ސަރުކާރުން ދިންފަދަ ލިޔުމެއް ނޫން ކަމަށާއި، ގޯތި ދައްކައި ފުލެޓުވެސް ދޭނެކަމަށް އަސްލަމް މިއަދު ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ދައުރު ނިމިގެންދާއިރު މި ސަރުކާރުން އިމާރާތްކުރާ 4،000 ސޯޝަލް ހައުސިން މުޅިން އެއްކޮށް ނުނިމި ހުރެދާނެ ކަމަށެވެ. ނަމަވެސް ބައެއް ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
"ދެން ހިނގަމުން އަންނަ މަސައްކަތްތަކެއް އޭގެތެރޭގައި ހުންނާނެ ދައުރު ނިމިގެން ދާއިރު. އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް ގޯއްޗާއި ފްލެޓު ދެވޭނެ ކަމުގެ،" އަސްލަމް ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުން ތިބީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމުގެ އުންމީދުގައިކަން އެނގިލައްވާ ކަމަށް އަސްލަމް މިއަދު ވިދާޅުވިއެވެ. އަދި އެކަން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ ކަމަށް ވެސް އަސްލަމް މިއަދު ވަނީ ވިދާޅުވެފައެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. 2022 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުންވެސް ގޯތިދިނުމަށް ނިންމަވައި ރައީސް ޞާލިޙްވަނީ އެކަން އިއުލާނު ކުރައްވާފައިވެއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު." މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު