މާދަމާގެ ޖަލްސާ ނިންމުމަށްފަހު ދެ ހަފްތާގެ ޗުއްޓީއަކަށް ރައްޔިތުންގެ މަޖިލިސް ދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް ތިން ދައުރަކަށް ވަނީ ބެހިފައެވެ. އެގޮތުން ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލިހުގެ މި ދައުރުގެ ޖަލްސާތައް ނިންމައި، ދެ ހަފްތާގެ ޗުއްޓީއަކަށް މާދަމާ މަޖިލިސް ދާނެ ކަމަށެވެ.
ފުރަތަމަ ދައުރުގެ ޗުއްޓީއަށްފަހު މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށްކަމަށް މަޖިލީހުގެ ޤަވާއިދުގައިވެއެވެ. އެއަށް ފަހު އެއް މަސް ދުވަހުގެ ޗުއްޓީއެއް މެންބަރުންނަށް ލިބޭނެއެވެ.
އަދި ތިންވަނަ ދައުރު އޮގަސްޓް މަހުގެ 16 އިން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު