ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 283،000 މީހުނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ، ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އަންނަ މެއި މަހުގެ ދެވަނަ ދުވަހު އާންމުކުރާނެ ކަމަށެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އެދުވަހު ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް އީސީން ވަމުންދާ އިރު، މިއިންތިޚާބުގައި 600 އަށް ވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފަ އެވެ. އަދި އެ ވޯޓް ފޮށި ބަހައްޓާ މަރުކަޒުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ ސުކޫލުތަކެެއްގައި ވޯޓް ފޮށި ބެހެއްޓޭނެ ކަމުގެ ޔަގީން ކަން އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ކަމަށް އީސީން މަޢުލޫމާތުދެއެވެ.
ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކަށް ޖުމުލަ 6000 އޮފިޝަލުން ބޭނުންވާނެކަމަށް އީސީން ލަފާކުރެއެވެ.
ރިޔާސީ އިންތިޚާބުގެ ރަސްމީ މަސައްކަތްތަކަށް ސަރުކާރުންވަނީ ދަރުބާރުގެ އިލެކްޝަންސް ކޮމިޝަނަށް ދޫކޮށްފައެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު