ކުރިން ވިސާ ނެގުމަކާ ނުލައި، 93 ޤައުމަށް މިހާރު ދިވެހިންނަށް ދަތުރުކުރެވޭނެ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިމޭރުމުން ވިދާޅުވީ، ބުރުންޑީއާއި ރާއްޖެއާ ދެމެދު ވިސާ ނުނަގާ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމެއްގަައި ސޮއިކުރުމަ ގުޅިގެންނެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، ދިވެހިރާއްޖެއާއި ބުރުންޑީއާ ދެމެދު ނިއުޔޯކްގައި ސޮއިކުރެވުނު މިއުޗުއަލް ވިސާ އެގްޒެމްޝަން އެގްރީމަންޓު އުފަލާއެކު ބަލައިގަންނަވަ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ހިނގާ މުޢާމަލާތުތައް އިތުރުވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަން ޔަގީން ކުރަށްވާ ކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

"ކުރިން ވިސާ ނެގުމަކާ ނުލައި، 93 ޤައުމަށް މިހާރު ދިވެހިންނަށް ދަތުރުކުރެވޭނެ،" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.



ބުރުންޑީއާއެކު، ވިސާ އެއްބަސްވުމުގައި ސޮޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އދ.ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައެވެ. އދގައި ހުންނަވާ ރާއްޖޭގެ ސަފީރު ތިލްމީޒާ ހުސައިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ގުޅުންތައް ބަދަހިވުމަށް މަގުފަހިވެގެންދާނެކަމަށެވެ.

އދގައި ހުންނަވާ ބުރުންޑީގެ ސަފީރުވެސް ވަނީ ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ޤައުމުން ބޭނުންވާކަން ހާމަކުރަށްވާފައެވެ.

ރާއްޖެއިން ދަނީ ގިނަ ޤައުމުތަކަކާއި އެއްކޮށް ވިސާގެ އެއްބަސްވުންތައް ޤާއިމްކުރަމުންނެވެ. އެކަމުގެ ސަބަބުން ދިިވެހިންނަށް ވިސާ ނުނަގާ ދަތުރުކުރެވޭ ޤައުމުތައް ވަނީ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް