ސިމް ވިއްކުން ލިމިޓް ކުރާ ޤަވާއިދު 15 ދުވަހުގެ ތެރޭގައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓެޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން، ކޮމިއުނިކޭޝަން އޮތޯރިޓީ (ކެމް) އަށް ލަފާދީފިއެވެ.
އެކެއްގެ ނަމުގައި ރަޖިސްޓްރީކުރެވޭނެ ސިމް ކާޑުގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކޮމިއުނިކޭޝަން އޮތޯރިޓީން ފަށާފައި ވަނީ ރާއްޖޭގައި ސްކޭމް ކޯލްތައް ގިނަވެ އެފަދަ މޯލްތަކުގައި ކާކުކަން ނޭނގޭ އެތައްބައެއްގެ ނަމުގައި ނަގާފައިވާ ސިމް ކާޑު ގެންގުޅޭ މައްސަލަ ވަރަށް ހައްސާސް މައްސަލައަކަށް ވެފައިވަނިކޮށެވެ.
ރާއްޖޭގައި ހިންގާ ފައިސާގެ ސްކޭމްތައް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން އިއްޔެ ވަނީ ގިނަ ލަފާތަކެއް ހިމެނޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައަޅައި އެ ރިޕޯޓް ފާސްކޮށްފައެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކަސްޓަމަރުން އަލަށް ނަގާ ސިމްތަކުގެ މައުލޫމާތު ފުރިހަމަ ނުކޮށް ބޭނުންކުރާ މައްސަލަ މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ހައްލު ކޮށްފައިވާ ކަމަށާއި ނަމަވެސް އޭގެ ކުރިން ނަގާފައިވާ ސިމް ކާޑުތަކުގެ މައްސަލަ ހައްލު ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ވީއެންމެ އަވަހަކަށް އެކަން ޙައްލު ކުރުމަށް މަޖިލީހުން ވަނީ ލަފާދީފައެވެ.
އޭގެ އިތުރުން ކޮންމެ މީހަކަށް ގަނެވޭ ސިމްގެ ޢަދަދު ލިމިޓް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ޤަވާއިދު 15 ދުވަސް ތެރޭ ނިންމަން ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ސްކޭމް ކޯލްތައް ހުއްޓުވުމަށްޓަކައި ކަމާ ބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޓާސްކްފޯހެއް ހަދަންވެސް ކޮމިޓީގެ ރިޕޯޓްގައި ލަފާދެއްވާފައިވެއެވެ.
ސްކޭމް ކޯލްތަކާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ 1087 މައްސަލަ މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އޭގެ ކުރީ އަހަރު 601 މައްސަަލަ އަދި މިއަހަރުގެ މިހާތަނަށް 155 މައްސަލަ ހުށަހަޅާފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިހެން ޕްރީ އެކްޓިވޭޓަޑް ސިމް ކާޑު ވިއްކުން ހުއްޓާލާފައެވެ. އެގޮތުން މިހާރު ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުންކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު