ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ލަސްވާތީ މަޖިލީހަށް ޤަރާރެއް ހުށައަޅައިފިއެވެ.

މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ. މިއަދުގެ ޖަލްސާގައިވަނީ މި ޤަރާރުގެ ފުރަތަމަ ކިޔުން މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ.

ސަޢީދުގެ ޤަރާރުގައި ބުނެފައިވަނީ، ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅުވާލަދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދެއް ކަމަށެވެ. އެގޮތުން އެ ދެރަށް ކޯޒްވޭއަކުން ގުޅާލުމަކީ އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ވެސް ރައްޔިތުންނަށް މަންފާވާނެ ކަމެއް ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ކޮންޓެކްޓަރާއި ހަވާލުކުރި ނަމަވެސް ކޯޒްވޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށް ނުދާތީ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ގަރާރުގައިވެއެވެ. އެހެންކަމުން ހިތަދޫއާއި ކުނަހަންދޫގެ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލާކަމަށް ސަޢީދުގެ ކުއްލި މައްސަލާގައިވެއެވެ.

ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮންޓެކްޓަރާ ޙަވާލުކުރީ މިއަހަރުގެ ޖެނުއަރީމަހުގެ 23 ވަނަ ދުވަހު 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު