މަޖިލީހުގެ އެސްއޯއީ ކޮމިޓީ
މަޖިލީހުގެ އެސްއޯއީ ކޮމިޓީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އައްޔަން ކުރައްވާފައިވާ މ. ލޭންޑްއޮފްގާރޑްން، އަލްއުސްތާޛާ ފާޠިމަތު ޝިރުވީނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ފޮނުވާފައިވާއިރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޝިރުވީން އައްޔަން ކުރެއްވީ 24 އޭޕްރީލް 2024 ގައެވެ.

އަލްއުސްތާޛާ ފާޠިމަތު ޝިރުވީން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރަކަށް ޢައްޔަންކުރެއްވުމާ ހަމައަށް މަސައްކަތްކުރައްވަމުން ދިޔައީ ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. އަދި މިހާރުވެސް ޝިރުވީނަކީ ފެމެލީ ލީގަލް ކްލިނިކް (އެން.ޖީ.އޯ) ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.

އަލްއުސްތާޛާ ފާޠިމަތު ޝިރުވީނަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖުން މާސްޓަރސް އޮފް ލޯ ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ.



ކިޔުންތެރިންގެ ހިޔާލު