މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި "ޔެސްޓީވީ" އުވާލުމަށް ކުޅިވަރުގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙުތައް ދިރާސާކުރުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް މަޖިލީހަށް ހުށައެޅުއްވި މި ބިލަކީ، ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު އިދާރާތަކުގެ މަސްޢޫލިއްޔަތުތައް ފުށުނާރާ ގޮތަށް ހަމަޖެއްސުމަށްޓަކައި ހުށައެޅި އިސްލާހުތަކެއް ކަމަށް ޢަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ. ޤާނޫނަށް ޢަލީ ނިޔާޒްވަނީ 7 އިސްލާހެއް ހުށައަޅުއްވާފައެވެ.
ކުޅިވަރުގެ ޤާނޫނަށް އަލީ ނިޔާޒް ހުށަހަޅާފައިވާ އެ އިސްލާހުތއް މަޖިލިހަށް ބަލައިގަންނަން ފެންނަ ކަމަށް 42 މެންބަރުން ވޯޓު ދެއްވި އެވެ. ބިލް ބަލައިގަންނަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ނުފެންނަ ކަމަށް ވެސް އެއް މެންބަރަކު ވޯޓު ދެއްވި އެވެ. އެހެންކަމުން އެބިލު ދިރާސާ ކުރުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް މިއަދުވަނީ ފޮނުއްވާފައެވެ.
ކުޅިވަރުގެ ޤާނޫނަށް އިސްލާޙު ހުށައެޅި މަޤްސަދުގެ ތެރޭގައި ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހުރިހާ އުމުރުފުރާތަކެއްގެ ކުޅިވަރުގެ އެންމެހާ ހަރަކާތްތައް އެއް އޮނިގަނޑެއްގެ ދަށުން ބައްޓަން ކުރުން ހިމެނެއެވެ. އެގޮތުން ރާއްޖޭގެ ޤައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލެވޭނީ ސްކޫލް ކުޅިވަރު، ވާދަވެރި ނޫން ކުޅިވަރު ވާދަވެރި ކުޅިވަރުގެ މައްޗަށް ކަމަށް ވަނީ ބުނެފައެވެ. އަދި ޤައުމީ ކުޅިވަރުގެ އޮނިގަނޑުގެ މަގްސަދުތައް ވަނީ އެ މާއްދާގައި ތަފްސީލްކޮށްދީފައެވެ.
ޤާނޫނަށް ހުށައެޅި އިސްލާޙުތަކުގެ ތެރޭގައި އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އާއި 2 ވަނަ މާއްދާގެ (ހ) އާއި (ފ)، ތިން ވަނަ މާއްދާގެ ފެށޭ އިބާރާތާއި، ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމަށާއި، 4 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުން ހިމެނެއެވެ. އޭގެއިތުރުން ސްޕޯޓްސް ކޯޕަރޭޝަން އުފެއްދުމާއި، ސްޕޯޓްސް ޗެނަލް އުފައްދަން ޖެހޭ ކަމަށް ބަޔާން ކުރާ ބާބު ކުޅިވަރުގެ ގާނޫނުން އެއްކޮށް އުވާލުމަށްވެސް ހުށައަޅުއްވާފައިވެއެވެ.
2015 ވަނަ އަހަރު އެކުލަވާލެވުނު ކުޅިވަރުގެ ޤާނޫނަށް ގިނަ އިސްލާޙްތަކެއް ހުށައަޅާފައިވާއިރު އެޤާނޫނު ބައްޓަންކޮށްފައިވަނީ ކުޅިވަރު އެސޯސިއޭޝަންތަކަށް ޤާނޫނީގޮތުން ގިނަ ބާރުތަކެއް ލިބޭ ގޮތަށެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައި ވަނީ މިއަހަރުގެ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު