ކޮތަޅުން ފީނެގުމުގެ އިސްލާޙަށް ގޮތެއް ނުނިމި ރައްޔިތުންގެ މަޖިލިސް ފުރަތަމަ ދައުރުގެ ޗުއްޓީއަށް ހިނގައްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް ތިން ދައުރަކަށް ވަނީ ބެހިފައެވެ. އެގޮތުން ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީމް މަހުގެ ފަހު ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ކުނި މެނޭޖުކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެބިލުގެ ބަހުސަކީ ފަންސާހަކަށް މީހުން ރީޓްވީޓްކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ދަންމާލައި، އަވަސް ކުރަންޖެހޭ ބާވަތުގެ ބަހުސެއް ނޫން ކަމަށާއި އެކަމާމެދު މަޖިލީހުން ފުންކޮށް ވިސްނަން ޖެހޭނެ ކަމަށެވެ. އަދި އެ ބިލު މިއަދު ކޮމިޓީއަށް ފޮނުއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
50 ކޮތަޅަށްވުރެ ގިނައިން ކޮތަޅު ހުންނަ ކޮތަޅު ބޮޑިތަކުން ފީ ނެގުން އިސްތިސްނާ ކުރުމަށް ކުނި މެނޭޖް ކުރުމާއި ބެހޭ ގާނޫނުގައި ހިމެނުމަށް ސަރުކާރުން ފޮނުވާފައިވާ ބިލަށް މިއަދުގެ ޖަލްސާގައި ވަނީ ބަހުސް ކޮށްފައެވެ. އެހެންނަމަވެސް ބަހުސް މަރުހަލާ ފެށުމަށްފަހު އެ ބިލާއި ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމާ މިއަދުން ފެށިގެން މަޖިލީސް ޗުއްޓީއަށް ދިޔައީ ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އިއުލާނު ކުރަށްވާފައެވެ.
މީގެކުރިން މަޖިލީހުގައި ނުނިމި މަސައްކަތްތައް ހުރިނަމަ ދައުރު ދިގުދަންމާލައެވެ. އެކަންކުރަނީ މަޖިލީހުގެ ރިޔާސަތުން ތަޅުމަށް ހުށަހަޅާ މެންބަރުން އެގޮތަށް ފާސްކުރަށްވައިގެންނެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން ފުރަތަމަ ދައުރުގެ ޗުއްޓީއަށްފަހު މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އެއަށް ފަހު އެއް މަސް ދުވަހުގެ ޗުއްޓީއެއް މެންބަރުންނަށް ލިބޭނެއެވެ.
އަދި ތިންވަނަ ދައުރު އޮގަސްޓް މަހުގެ 16 އިން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު