ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން އުފެއްދުމަށް އިދިކޮޅުން މަސައްކަތް ކުރަނީ ވެރިކަން ނުލިނިދާނެކަމުގެ ބިރު އޮތުމުން ކަމަށް އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފު) ވިދާޅުވެއްޖެއެވެ.

ޝަރީފު ވިދާޅުވީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބާއި މިއަންނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބު ނާކާމިޔާބުވެދާނެ ކަމުގެ ބިރު އޮތުމުން، އިދިކޮޅު ޕާޓީތަކާއި ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން އުފައްދާ، ދޮގު ވާހަކަތައް ފަތުރަމުންދާ މައިގަނޑު ސަބަބަކީވެސް އެއީކަމަށް ޝަރީފު ވިދާޅުވިއެވެ.

ޗާގޯސް މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ 1958 ގެ ކުރިން ކުރަހާފައިވާ ބައުންޑަރީތަކަށް ވަރަށް ޚާއްސަ ހާލަތެއް ނެތި އަލިފުދާލުން އަދި އެއްވެސް ގާނޫނަކުން ބަދަލު ގެނެސްފާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް ބަދަލު ގެންނަން ފަށައިފިނަމަ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދުން އޮތީ މާދުރުގައި ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފު ވިދާޅުވީ އިނގިރޭސިން މޮރިޝަސްއަށް މިނިވަންކަން ދިންއިރު ޗާގޯސްއަކީ މޮރީޝަސްގެ ތަނެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރާއްޖެއިން 'އިޓްލޮސްއަށް' ހުށަހަޅާފައިވާ ލިޔުމުގައި، ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމަށް އެދިފައިވާކަން ފާހަގަކުރައްވާ ޝާރީފު ވިދާޅުވީ ސަރުކާރުން އޮތީ އެންމެ އިންޗިއެއްވެސް ދޫކޮށްލާ ގޮތަކަށް ނޫން ކަމަށެވެ.

މި މައްސަލާގައި މިއަދު ހުކުމް ކުރިއިރު ރާއްޖެ ވަނީ މައްސަލަ ކާމިޔާބުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް