މެންޗެސްޓަރ ސިޓީއަށް ގޯލް ކާމިޔާބުކޮށްދިނުމަށްފަހު ސްޓާލިންގ
މެންޗެސްޓަރ ސިޓީއަށް ގޯލް ކާމިޔާބުކޮށްދިނުމަށްފަހު ސްޓާލިންގ
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިދިޔަ ހަފުތާގައި ކަށަވަރުކުރި ލިވަޕޫލް ކޮޅަށް 04 ގޯލް ޖަހައި، ވާދަވެރި މެންޗެސްޓަރ ސިޓީން ލިވަޕޫލް ލަދުގަންނަވާލައިފިއެވެ.

ލީގު ޗެމްޕިއަން ބަލިކުރުމުގެ ރޫހުގައި ނިކުތް މެންޗެސްޓަރ ސިޓީން ވަނީ، މި މެޗު ފެށުމުގެ ކުރިން ލިވަޕޫލަށް ޗެމްޕިއަންކަން ހޯދުމުގެ ޝަރަފުގައި ގާޑް އޮފް އޮނާއެއް ދީފައެވެ.

މެޗުގެ ކުރީކޮޅު ލިވަޕޫލުގެ މުހައްމަދު ސަލާހަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. ނަތީޖާއަކަށްވީ ސިޓީން ފުރަތަމަ ހާފުގައި ތިން ގޯލް ޖަހައި މެޗުގެ އެ ޓީމު ކޮޅަށް އަނބުރާލުމެވެ. ފުރަތަމަ ގޯލް 25 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ކެވިން ޑި ބްރޭނާ އެވެ. ސިޓީގެ ދެ ވަނަ ގޯލް 35 ވަނަ މިނެޓުގައި ޖެހީ ލިވަޕޫލުގެ ކުރީގެ ވިންގާ ރަހީމް ސްޓާލިން އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ތިން ވަނަ ލަނޑު ޖެހީ ފިލް ފޯޑެން އެވެ. ސިޓީގެ ހަތަރު ވަނަ ގޯލަކީ 66 ވަނަ މިނެޓުގައި ލިވަޕޫލުގެ އެލެކްސް އޮކްސްލޭޑް-ޗެމްބަލައިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޗެމްޕިއަން ލިވަޕޫލް، އެ ޓީމުގެ ވަރުގަދަކަމުގައި ބަލިކޮށްލެވިއްޖެ ކަމަށާއި އޭނާގެ ޓީމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ވަނީ، މެންޗެސްޓާ ސިޓީން އެހާ މޮޅަށް ކުޅޭއިރު، އެހެން ޓީމަކުން ޗެމްޕިއަންކަން ނެގުން، ހިތްގައިމު ނޫންތޯ ސުވާލު އުފައްދާފައެވެ.

ލިވަޕޫލާއި މެންޗެސްޓަރ ސިޓީއަކީ ވޭތުވެދިޔަ 7 އަހަރު އިނގިރޭސި ލީގު އެންމެބޮޑަށް ޑޮމިނޭޓް ކުރަމުން އަންނަ ލީގުގެ އެންމެ ވަރުގަދަ ދެ ބާރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން