ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް
އައިޖީއެމްއެޗް އައިސީޔޫގައި ކޯވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވެއްޖެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މުޢުތަބަރު ފަރާތަކުން "ރަސް އޮންލައިން" އަށް މަޢުލޫމާތު ދީފައިވަނީ، އައިޖީއެމްއެޗް އައިސީޔޫގައި ކޯވިޑް-19 ފެތުރި ބައެއް ޕޭޝަންޓުންނާއި، ސްޓާފުންވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އަދި މިކަން އެޗްޕީއޭ އިންވެސް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ނިއު ނޯމަލްގައި ބޮޑެތި ލުއިތަކެއް މިހާރު ދީފައިވާއިރު، މާލެތެރެއިންވެސް ފެނިގެންދަނީ ގައިދުރުކަމެއް ނެތި މީހުން ޙަރާކާތްތެރިވަމުންދާ މަންޒަރެވެ. ނަމަވެސް ޑޮކްޓަރުން އިލްތިމާސް ކުރަށްވާފައި ވަނީ، ސަމާލުކަން ނުދެވިއްޖެނަމަ ރާއްޖޭގައި ކުރިއަށްވުރެ ބޮޑަށް މި ބަލި ފެތުރި ނުރައްކާތެރި ޙާލަތަކަށް ހިނގައިދާނެކަމަށެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓީވްވެފައިވާ މީހުންގެ އަދަދު މިހާރު 2،400 އަރައިފައި ވާއިރު، މި ބައްޔަށް މިހާރު ފަރުވާދޭ މީހުންގެ އަދަދަކީ 416 އެވެ. ރާއްޖެއިން މިބަލީގައި މިހާތަނަށް 10 މީހުން ވަނީ މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު