ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގެއްލުމަކީ ހިތާމައެއް ކަމަށް ކުރީގެ ބަންޑާރަނާއިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ކަނޑުގެ ޤާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ކުރިއަށްދިޔަ ރާއްޖެއާއި ޗާގޮސްގެ އިންކަނޑައެޅުމުގެ މައްސަލާގައި ރާއްޖެއިން ބޭނުންވާ ގޮތަށް ހުކުމް ކުރުމާގުޅިގެން ޑރ. މުނައްވަރު މިއަދު ވިދާޅުވީ ޙަޤީޤަތުގައި މިއީ އުފާކުރަންޖެހޭފަދަ ކާމިޔާބެއްނޫންކަމަށެވެ.
ޑރ. މުނައްވަރު ވިދާޅުވީ ޤާނޫނަކުން ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ބައެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބީއެއް ނޫން ކަމަށާއި އެއީ ހިތާމައެއް ކަމަށެވެ.
"މިކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާ ކުރުވަން ޖެހޭނެ." ޑރ. މުނައްވަރު ވިދާޅުވި އެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިޞާދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން އިއްޔެ ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފަ އެވެ.
އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

Qaanoonakun kanda elhifaivaa Dhivehiraajjeyge khaassa iqthisaadhee sarahadhdhun baeh gellumakee nuvatha univumakee libey kaamiyaabeh nooneve. Hithaama ekeve. Mikamugai ihumaaluvi faraaiythah zinmaa kuruvan jeheyne eve
— Mohamed Munavvar (@MMunavvar) April 29, 2023
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިޞާދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން އިއްޔެ ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފަ އެވެ.
އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު