އިދިކޮޅުން ޗާގޯސް މައްސަލަ ސިޔާސީކުރަނީ ރައީސް ޞާލިޙްގެ މަޤުބޫލުކަން އިތުރުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ކަނޑުގެ ޤާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ކުރިއަށްދިޔަ ރާއްޖެއާއި ޗާގޮސްގެ އިންކަނޑައެޅުމުގެ މައްސަލާގައި ރާއްޖެއިން ބޭނުންވާ ގޮތަށް ހުކުމް ކުރުމާގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ރާއްޖޭން އެ މައްސަލާގައި ވަކާލާތުކޮށްފައިވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަޙަތު ޙިމާޔަތް ކުރުމަށް ނޫންކަމަށެވެ.
އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ޗާގޯސްގެ ނަމުގައި ސަރުކާރާ ދެކޮޅު ޙަރަކާތެއް ފެށުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރައީސް ޞާލިޙްގެ މަޤުބޫލުކަން އިތުރުވަމުން ދާތީ ކަމަށެވެ. އިދިކޮޅުން ރޭވަނީ ޗާގޯސްގެ ނަމުގައި މާލޭގައި ބޮޑު ޖަލްސާއެއްވެސް ބާއްވާފައެވެ.
“ރައީސް ޞާލިޙްގެ މަޤުބޫލުކަން އިތުރުވަމުން ދާތީ ހާސްބޮޑުވެ ހަތަރު އުދަރެސް ފެނުޖެހޭތީ. ދޮގާ ފިތުނަ ފަތުރަނީ ޤައުމު ހަލަބޮލިކުރަން ވެގެން.” ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ސަރަޙައްދެއް ނޫން ކަމަށާއި ކުރިން އަމިއްލަ އެއްޗެއްގެ ގޮތުގައި ނެތް އެއްޗެއް ގެއްލޭނެގޮތެއްވެސް ނެތް ކަމަށެވެ. ހަމައެއާއެކު އިޓްލޮސްގެ ނިންމުން ބަލައިނުގަނެ ރާއްޖޭން ވަންނާނެ ވަލެއް ނެތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ހަމައެއާއެކު އިއްޔެގެ ޙުކުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށް ސިފަކުރަށްވަމުން ޝަރީފް ވިދާޅުވީ އިޓްލޮސްގެ ޙުކުމާ ގުޅިގެން ރާއްޖޭގެ ދެކުނުން އޮތް މަސްކަނޑު ދިވެހިންނަށް ލިބިފައިވާ ކަމަށެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިޞާދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން އިއްޔެ ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފަ އެވެ.
އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު