ކުރީގެ ވަޒީރުން ޗާގޯސް މަތިން ކުއްލިއަކަށް މިއަދު ހަނދާންވީ ސަބަބާމެދު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ސުވާލު އުފައްދަވައިފިއެވެ.
ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ ޚާއްސަ އިޤްތިސާދީ ސަރަޙައްދު ފުށުއަރާ 95,000 އެއްހައި އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. މީގެކުރިން އެތަނުގެ އިން އެއްވެސް ދުވަސްވަރެއްގައި ވަކިކޮށްފައެއް ނުވެއެވެ.
ނަމަވެސް އިއްޔެ އިޓްލޮސްއިން ނިންމާފައިވަނީ ދެ ޤައުމުގެ ދެމެދު ބަހަންޖެހޭ 92563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަކިލޯމީޓަރު ކަނޑައެޅުމަށެވެ.
އެކަމާގުޅިގެން ކުރިން ވަޒީރުންގެ ގޮތުގައި ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ސަޢުދު ވަނީ ކުރީގެ ވަޒީރުން ޗާގޯސް މަތީން ހަދާން ނެތިފައި ތިބީ ދިވެހިޤައުމާއި ރައްޔިތުން މަތީން ހަމަ އެއްވެސްވަރަކަށް ހަދުމަފުޅުނެތިގެންތޯ ސުވާލު އުފައްދަވާފައެވެ.
“މިއަދު ކުއްލިއަކަށް މިއުޅެގަތީ ތިމާމެންނަށް ނުކުރުވުނު ކަންތައް ރައީސް ޞާލިޙް ކުރެއްވީމަތޯ؟” ސަޢުދު ވިދާޅުވިއެވެ.
އިޓްލޮސްއިން އިއްޔެ ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު