ރިޔާސީ އިންތިޚާބަށް 5،597 އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފިއެވެ.
އިންތިޚާބީ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާންގައިވަނީ، އޮފިޝަލަކަށް ވުމަށް ކުރިމަތިލެވޭނީ އެއްވެސް ސިޔާސީ ޕާޓީއެއްގައި އިސް މަގާމެއް އަދާނުކުރާ 18 އަހަރުން މަތީގެ ދިވެހިންނަށް ކަމަށެވެ. މީގެއިތުރުން އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވާނަމަ އަދި އެއްވެސް ކެންޑިޑޭޓަކާ އާއިލީ ގާތްކަމެއް އޮންނަ އެފަދަ މީހަކަށް އޮފިޝަލަކަށް ނުވެވޭނޭ އެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 1،500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާއަށް 1،200 ރުފިޔާ، ވޯޓުލާ މަރުކަޒުގެ އޮފިޝަލުންނަށް 1،000 ރުފިޔާ އަދި ރިޒާވް އޮފިޝަލުންނަށް 500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އީސީން ވަނީ ބުނެފައެވެ. މީގެއިތުރުން އޮފިޝަލުން އިންތިހާބާ ގުޅޭ ތަމްރީން ފުރިހަމަކުރުމުން އިތުރުން 300 ރުފިޔާ ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
އިންތިޚާބީ އޮފިޝަލަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 283،000 މީހުނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނީ، ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އަންނަ މެއި މަހުގެ ދެވަނަ ދުވަހު އާންމުކުރާނެ ކަމަށެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އެދުވަހު ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް އީސީން ވަމުންދާ އިރު، މިއިންތިޚާބުގައި 600 އަށް ވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފަ އެވެ. އަދި އެ ވޯޓް ފޮށި ބަހައްޓާ މަރުކަޒުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ ސުކޫލުތަކެެއްގައި ވޯޓް ފޮށި ބެހެއްޓޭނެ ކަމުގެ ޔަގީން ކަން އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ކަމަށް އީސީން މަޢުލޫމާތުދެއެވެ.
ރިޔާސީ އިންތިޚާބުގެ ރަސްމީ މަސައްކަތްތަކަށް ސަރުކާރުންވަނީ ދަރުބާރުގެ އިލެކްޝަންސް ކޮމިޝަނަށް ދޫކޮށްފައެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު