ޖުމައްޔިލް ނިމާލް. ރޭޕްގެ ތުހުމަތު ކުރެވިފައިވޭ
ޖުމައްޔިލް ނިމާލް. ރޭޕްގެ ތުހުމަތު ކުރެވިފައިވޭ
މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އޭނާއާއެކު ކުރިއަށް ރާވާފައިވާ ޕްރޮޖެކްޓްތަކުން ވަކި ކުރަން ޑާކްރެއިން އެންޓަޓެއިންމެންޓުން ނިންމައިފިއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖިންސީ އަނިޔާ އަދި ރޭޕް ފަދަ ކަންތަކަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއްވެސް ގަބޫލު ނުކުރާނެ ކަމަށާއި އެފަދަ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އެންމެހާ ފަރާތްތަކާއެކު އެކުންފުނިން އަބަދުވެސް ވާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.



އެ ކުންފުނިން ޖުމައްޔިލް އާއެކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ކެންސަލުކުރަން ނިންމިއިރު އޭނާ ލީޑް ރޯލުން ފެނިގެންދާ ފިލްމެއް ކަމަށްވާ "ނޮވެމްބަރު" މި މަހުގައި ދެއްކުމަށް ކުރީން ވަނީ ނިންމާފައެވެ. ނަމަވެސް ކޯވިޑް-19 އާ ގުޅިގެން ފިލްމު ލަސްކޮށްފަ ވާއިވާއިރު އެ ފިލްމުގެހުރިހާ މަސައްކަތެއް އެއްކޮށް އޮތީ ނިމިފައެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޖުމައްޔިލް އާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތައް އެކުންފުންޏަށް އެނގިފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.



ޖުމައްޔިލްގެ ރޭޕްގެ މައްސަލައަކީ، މީގެ ހަތަރު އަަހަރު ކުރިން 2016 ވަނަ އަހަރު ފެންމަތިވި މައްސަލައެކެވެ. ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އަޙުމަދު ނިމާލްގެ ދަރި ޖުމައްޔިލް ނިމާލް، އޭނާގެ ދެބެންގެ ދެދަރި ކޮއްކޮއެއް ރޭޕް ކުރި މައްސަލާގައި އެދުވަސްވަރު ޖުމައްޔިލު ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ޝަރީޢަތަށް ފޮނުވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އެމައްސަލަ ނުބަލަން ނިންމީ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ކޮންމެއަކަސް މީގެ ހަތަރު އަހަރު ކުރިން ހިނގި އެހާދިސާ، އެއަންހެން ކުއްޖާ މިހާރު ވަނީ ޓްވިޓަރ ގައި ހިއްސާ ކޮށްފައެވެ. ވަރަށް ތަފްސީލުކޮށް އޭނާ ކިޔައިދިން މިވާހަކައިގައި ބުނީ، އެއިރު އުޅުނު ދިރިއުޅުން ޖުމައްޔިލު ގެ ސަބަބުން ބިރުވެރި ކަމަކަށް ވެއްޓުނު ކަމަށެވެ. އަދި އެހާދިސާގެ ސަބަބުން ތެރަޕީ ނަގަން ޖެހުނު ކަމަށާއި، އެކަމުގެ ސަބަބުން އޭނާއަށް ބިރުވެރިކަމާއި ހާސްކަމާއި އުނދަގޫތައް ކުރިމަތިވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ޖުމައްޔިލްގެ މައްސަލަ އަލުންބަލާ ރިވިއު ކުރުމަށް ޕީޖީ ޝަމީމް މިހާރު ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ކާކުބުނީ ކީކޭ

04-Jul-2020

ޑާކުރެއިންގެ ބޭފުޅުން ނަށް ހަމަ ނޭނގިގެން ބާ ދެ ހާސް ސޯޅައިގެހިގާފައިއޮތްމަސްސަލައެއްގެވާހަކަތިބުނަނީ އެކަމަކު މި އަހަރު ގައި އަޅުވަން ތިބުނާ ފިލްމު ގެމަސައްކަތްއޭނާލައްވާކުޅުވިއިރުއެމަސްސަލަހިގާފައިއޮތްކަން ނޫނީ ދެހާސްސޯޅައިގެކުރިންތޯ މި ފިލްމުގެ މަސައްކަތް އޭނާ ލައްވައި ކުޅުވީ މީދެހާސްވިހި މިއަހަރުގެ ނޮވެމްބަރު ގައި އަލުވާފިލްމެއްގެމަސައްކަތްއޭނާލައްވާކުޅުވައި ނިމިފައިވާ ކަމައްތިއޮތީބުނެފައި ވީމާޑާކުރެއިނުންތިބުނާވާހަކައެއްނޭގުނު މިހާރު އޮޅިއްޖެ ޑާކުރެއިންނުން މިހާރު ތި ގެންގުޅެނީ ދޮންކެޔޮ ގަހުގެމިސާލު ހެން މަށަށް ހީވޭ



ޓްރެންޑިން