އަނިޔާވެރިންނަށް ގަބޫލު ނުކުރެވުނަސް، މޭޑޭ މުޒާހަރާ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގައި 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއަކީ ރާއްޖޭގެ ތާރީޚް ބަދަލުކޮށްލި ޙަރަކާތެއް ކަމަށެވެ. އެދުވަހުގެ މުޒާހަރާ ލީޑް ކުރަށްވާފައިވަނީ އިމްރާނެެވެ.
އިމްރާން ވިދާޅުވީ އަނިޔާވެރިންނާއި އެފަދަ މީހުންނަށް ތާއީދު ކުރާ މީހުންނަށް ގަބޫލު ނުކުރެވުނަސް މޭޑޭ މުޒާހަރާ އަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި މުޒާހަރާއެއް ކަމަށެވެ.
އިމްރާން ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަހުމަތުން އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރު ކަމުން ދިވެހިން ސަލާމަތް ކުރެވުނީ މޭޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަ ކަމާއި ކުރި ހިތްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުން ކަމަށެވެ.
އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 11 އަހަރަށް ޖަލަށް ލިއެވެ.
އޭގެފަހުން 2018ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބުވުމުން ކޯޓުންވަނީ އެ މުޒާހަރާ އާއި ގުޅިގެން ޖަލަށްލީ ސިޔާސީ ގިނަ ކުށްވެރިން މިނިވަން ކޮށްފައެވެ.

Aniyaavrinnaa aniya ah thaaeed kuraa meehunnah gaboolu nukurevunas May Day muzahara akee Raajjeyge thareekh badhalukohli muzahara eh.
— Imran Abdulla (@ShimranAb) May 1, 2023
އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 11 އަހަރަށް ޖަލަށް ލިއެވެ.
އޭގެފަހުން 2018ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބުވުމުން ކޯޓުންވަނީ އެ މުޒާހަރާ އާއި ގުޅިގެން ޖަލަށްލީ ސިޔާސީ ގިނަ ކުށްވެރިން މިނިވަން ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު