މަޤާމުގެ ދިފާޢުގައި ހަމަކޮންމެފަދަ ކަމެއްވެސް މިނިސްޓަރ އިމްރާން ކުރަށްވަފާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިމޭރުމުން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތް ކުރެވުނީ މޭޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަ ކަމާއި ކުރި ހިތްވަރުގެ ސަބަބުންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވުމާ ގުޅިގެންނެވެ.
ޝިޔާމް މިއަދު ވިދާޅުވީ މިނިސްޓަރ އިމްރާނަކީ މަޤާމު ހޯދުމަށާއި މަޤާމުގެ ދިފާޢުގައި ހަމަކޮށްމެފަދަ ކަމެއްވެސް ކޮށްފާނެ ބޭފުޅެއް ކަމަށެވެ. އެހެންކަމުން މިނިސްޓަރ އިމްރާންގެ ބާރުހިނގާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ދަޢުލަތުން ރައީސް ޔާމީން ބެހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
“މީނާގެ ބަސްމަގު ގެންގުޅޭގޮތުން ކޮންމެފަދަ ކަމެއްވެސް ރައީސް ޔާމީނަށް ކޮށްފާނެ.” މެންބަރު ޝިޔާމް ވިދާޅުވެފައިވެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގައި 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއަކީ ރާއްޖޭގެ ތާރީޚް ބަދަލުކޮށްލި ޙަރަކާތެއް ކަމަށެވެ.
އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 11 އަހަރަށް ޖަލަށް ލިއެވެ. އިމްރާން މިނިވަންވީ ރައީސްޔާމީނަށް ރިޔާސީ އިންތިޚާބުން ނާކާމިޔާބުވީ ފަހުންނެވެ.
ހަމައެއާއެކު މިވަގުތު ރައީސް ޔާމީން ގެންދަވަނީ ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ޙުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ. އަދި ދާޚިލީ ވަޒީރެއްގެ ޙައިސިއްޔަތުން ޖަލުތައް ބަލަހައްޓަވަމުން ގެންދަވަނީ މިނިސްޓަރ އިމްރާނެވެ.

މީނާގެ ބާރުހިނގާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ރައީސް ޔާމީން ދަޢުލަތުން ބެހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް. މީނާގެ ބަސްމަގު ގެންގުޅޭގޮތުން ކޮންމެފަދަ ކަމެއްވެސް ރައީސް ޔާމީނަށް ކޮށްފާނެ. މަޤާމު ހޯދާށާ މަޤާމުގެ ދިފާޢުގައި ހަމަކޮށްމެފަދަ ކަމެއްވެސް މީނާ ކޮށްފާނެ. https://t.co/m69ivq2uhh
— Ahmed Shiyam (@Shiyamaldives) May 1, 2023
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގައި 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއަކީ ރާއްޖޭގެ ތާރީޚް ބަދަލުކޮށްލި ޙަރަކާތެއް ކަމަށެވެ.
އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 11 އަހަރަށް ޖަލަށް ލިއެވެ. އިމްރާން މިނިވަންވީ ރައީސްޔާމީނަށް ރިޔާސީ އިންތިޚާބުން ނާކާމިޔާބުވީ ފަހުންނެވެ.
ހަމައެއާއެކު މިވަގުތު ރައީސް ޔާމީން ގެންދަވަނީ ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ޙުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ. އަދި ދާޚިލީ ވަޒީރެއްގެ ޙައިސިއްޔަތުން ޖަލުތައް ބަލަހައްޓަވަމުން ގެންދަވަނީ މިނިސްޓަރ އިމްރާނެވެ.
ކިޔުންތެރިންގެ ހިޔާލު