މަސައްކަތްތެރިންގެ ހައްގުގައި ހަރުދަނާ އީޖާބީ ފިޔަވަޅުތަކެއް ރައީސް ޞާލިޙް އަޅުއްވާނެ ކަމަށް ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ އެމްޑީޕީން މިއަދު ބުނެފިއެވެ.
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެޕާޓީއަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް އަބަދުވެސް ގޮވާލާ, އަދި އެ ހައްގުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
އެގޮތުން އައު ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު އިންތިހާބުކުރެވުނު އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި އެ ހައްގުތައް ކަށަވަރުކުރުމަށް ސިޔާސަތުތަކެއް ތަންފީޒުކުރެވުނުކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ. އަދި އޭގެ ފަހުން 2018 ގައި އިންތިހާބުކުރެވުނު އެމްޑީޕީގެ ދެވަނަ ސަރުކާރުގައިވެސް މަސައްކަތްތެރިންނަށް ކުރިއަށްވުރެ ހައްގުތައް ފުޅާކުރެވި އެ ހައްގުތައް ނަގަހައްޓާނެކަން ދިވެހިރައްޔިތުން ޔަގީންކުރާކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
“ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މަސައްކަތްތެރިންގެ ހައްގުގައި މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ދިވެހި މަސައްކަތްތެރިން ބަލައިގަންނަ ފިޔަވަޅު ތަކެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްތެރިންގެ ހައްގުގައި ހަރުދަނާ އީޖާބީ ފިޔަވަޅުތަކެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަޅުއްވާނެކަން މި ޕާޓީން ދެކެމެވެ.“ އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ ވަޒީފާއަދާކުރާ ތަނުން އެއްވެސް މުވައްޒަފަކާމެދު އަޅާ ފިޔަވަޅެއް ކަމާބެހޭ މުއައްސަސާއަށް އެއްވެސް ބިރެއް ނެތި މިއަދު ހުށައެޅޭ ކަމަށެވެ. އަދި އެ މައްސަލައެއް އެ މުވައްޒަފަކު ހުށަހެޅީތީ މަސައްކަތު މާހައުލުގައި ބިރު ދެއްކުމެއް ނެތި މައްސަލަތައް ބަލައި ނިމި އިންސާފު ލިބިގެންދާނެކަން އެއީ މިއަދު ފެންނަން އޮތް ހަގީގަތެއް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
މުވައްޒަފުންގެ މެދުގައި އޮންނަ މުސާރައިގެ ފަރަގު ކުޑަކުރުމާއި މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލު ގެނައުމަށް ފަށާފައިވާ ސަރުކާރުގެ ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާއާއި ސިއްހީ އަދި ސޯޝަލް ސާވިސް ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތައް ގެނެވިފައިވާކަން ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުންވެސް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ ނުހަނު ގިނަ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިކަމަށާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން ގިނަ ބިލްތަކެއްގެ މަސައްކަތް މަޖިލީހުގައިވެސް ކުރިއަށްދާކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު