ނޫސްވެރިންގެ ޙައްޤު ގެއްލެނީ އެމީހުންގެ ޒިންމާ ނުއުފުލާތީކަމަށް މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހިމް އިސްމާޢީލް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި، ލިޔާއެއްޗަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ނުކުރެވޭނެކަމަށް ޤާނޫނު އަސާސީގައި ލިޔުމުގެ ބޭނުމަކީ، ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހިންގާ ނާޖާއިޒް ކަންކަމުގެ މަޢުލޫމާތު އެތަނުގެ އެތެރޭން ހޯދައި، މަޢުލޫމާތުދިން މީހާ ވަންހަނާކޮށް، ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
އަދި އެއީ ދައުލަތުގެ އިދާރާތައް ޖަވާބުދާރީ ކުރުވުމަށް މުހިންމު ކަމެއް ކަމަށާއި، ނޫސްވެރިކަމުގެ މިޙައްޤު، އުސޫލެއްނެތި ނިގުޅައިގަތުމަކީ ޑިމޮކްރަސީއަށްދެވޭ ޙަމަލާއެއް ކަމަށް އިބްރާ ވިދާޅުވިއެވެ.
"ހަމައެއާއެކު ވިސްނާލަންޖެހޭ އަނެއްކަމަކީ، މި ޙައްޤުގެ ބޭނުންކުރުމުގައި ނޫސްވެރިން އުފުލާންޖެހޭ ޒިންމާއެވެ. މިފަދައިން ލިބޭ މަޢުލޫމާތުގެ ޞައްޙަކަން ނޫސްވެރިން ކަށަވަރުކުރާންޖެހޭނެއެވެ. ހަމަ އެކަނި މީހަކު ބުނިވާހަކައެއްގެ މައްޗަށް ބިނާކޮށް "ނަންހާމަ ނުކުރުން ޝަރުޠުކޮށް އޮފިޝަލަކު ބުނިގޮތުގައި" އޭ ބުނެ ވާހަކަތައް ލިޔުމަކީ އޮޅުވާލުމާއި ދޮގާއި، އިދާރާތަކުގެ އެތެރޭގައި ހިނގާ ތަފާތު އޮއިވަރުތަކުގެ ތެރޭން، މީހުނަށް ލަނޑުދީ އަގުވައްޓާލުމަށް ހުޅުވައިލެވޭ ދޮރެކެވެ." އިބްރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ، މަސްދަރު ހާމަނުކޮށް، އެފަދަވާހަކައެއްލިޔާ ނޫސްވެރިޔާ، އެލިޔުނުއެއްޗެއްގެ ޒިންމާ އުފުލާން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ރައްދުވާ ފަރާތުން އަބުރުގެ ދަޢުވާއެއް އުފުލައިފިނަމަ، ނުވަތަ ޙަޤީޤަތެއް ނެތް ފިތުނަވެރި ވާހަކަ ފަތުރާކަމުގެ ތަޙްޤީޤެއް ފެށިއްޖެނަމަ، އެއީ ތެދެއްކަން ހާމަކޮށްދެވޭވަރަށް ނޫސްވެރިޔާ އަތުގައި ހެކި ހުންނާން ޖެހޭނެ ކަމަށް އިބްރާވަނީ ވިދާޅުވެފައެވެ.
"މަސްދަރު ސިއްރު ކުރުމަކީ އެއީއެވެ. ބުންޏޭ ބުންޏޭ ކިޔައި، ޙަޤީޤަތް ޤާއިމް ނުކުރެވޭ ވާހަކަ ފެތުރުމެއްނޫނެވެ." އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެފައިވެއެވެ.
މިއަދު ރާއްޖޭގެ ނޫސްވެރިކަން ގޮސްފައިވާ ހިސާބަކީ، އެއްފަރާތުން ބުނާ ވާހަކަ، އަނެއްފަރާތުން ކަށަވަރުނުކޮށް، ބަހެއް ނުހޯދައި، ހެއްކެއްނެތި، "ނަންހާމަ ކުރަން ނޭދޭ" ޚިޔާލީ މީހުނާ ޙަވާލާދީ އެތައްބައެއްގެ އަބުރު ނަގައިލައި، އަގުވައްޓާލުން ކަމަށް އިބްރާ ވިދާޅުވިއެވެ.
"އަހަންނަށް ދައުލަތުން 50، 250، 300 މިލިއަން ރުފިޔާ ދީފިކަމަށް އެކިފަހަރުމަތިން ލިޔެފިއެވެ. އެއިން އެއްވެސް ފަހަރަކު އަހަރެން ގާތުން އެ ފައިސާ ލިބުނުތޯވެސް އަހާނުލައެވެ. އަދި ޚަބަރު ފެނިގެން، އެނޫސްތަކަށް ގުޅައި، އެއީ ދޮގެއްކަމަށް ބުނީމައި، އެވާހަކަ ރިޕޯޓްކޮށެއް ނުދެއެވެ." އިބްރާ ވިދާޅުވެފައިވެއެވެ.
އިބްރާ ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން މިހިސާބަށް މިދިޔައީ ނޫސްވެރިންގެ މިނިވަންކަން އަމިއްލައަށް ވިއްކާލައި، ނޫސްވެރިކަމުގެ އެތިކްސް ނޫސްވެރިން އަމިއްލައަށް ދޫކޮށްލައި، މީޒާން ހަމަ، ޙަޤީޤަތް ހޯދުމުގެ ނޫސްވެރިކަން ދޫކޮށްލުމުން ކަމަށެވެ.
"ސަރުކާރުގެ ނޫސްކޮންފަރަންސަކަށް ދާއިރު، ރިސަރޗް ހަދައިގެން، ޖަވާބުދޭން އުނދަގޫވާނޭ ސުވާލެއް ކޮށްލާނެ ނޫސްވެރިއަކު މިއަދު ނުފެނެއެވެ. ޚަބަރުތަކުގެ ސުރުޚީ ތަކުގެ ބޮޑުބަޔަކީ ކޮންމެވެސް މީހަކު ޕޯޑިއަމެއްގައި ނުވަތަ ޓްވީޓެއްގައި ބުނާ ވާހަކައަކަށް ވެއްޖެއެވެ. އެ ބުނާ ވާހަކައަކީ ތެދެއްތޯ ބަލައިލުމެއްވެސް ނެތެވެ. ހަމައެކަނި ބުނިވާހަކަ ލިޔެލައިފައި، އަމިއްލަ ޚިޔާލު ލިޔެލީމައި ނިމުނީއެވެ." އިބްރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ، ސަރުކާރު ހިނގަމުންދާގޮތުގައި ޤާނޫނާ ޚިލާފް އެތައްކަމެއްހިނގާއިރު، ރައްޔިތުންގެ އެތަކެއް ޙައްޤެއް ހިފެހެއްޓެމުންދާއިރު، ދައުލަތުގެ ފައިސާ ބޭކާރުކޮށް ޚަރަދުކުރަމުންދާއިރު، އެއިންވާހަކައެއް ލިޔެލާނެ ނޫހެއް ނެތްކަމަށެވެ. އަދި ނޫސްތައް އޮތީ ދައުލަތުގެ ކުންފުނިތަކުގެ ބޯޑްރޫމްތަކުގައި ތާށިވެ، "ސްޕޮންސަރ" ތަފާއްޔެއްގެ ދަށުގައި ފިތިފައި ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު