ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ސޮއްސާލައިފިއެވެ.
ޖުމްލަ 180 ގައުމު ހިމެނޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި މި އަހަރު ރާއްޖެ އޮތީ 100 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ އިންޑެކްސްގެ 87 ވަނައިގަ އެވެ. އެހެންކަމުން މިއީ 13 ދަރަޖައިގެ ވެއްޓުމެކެވެ.
ދެހާސް އަށާރަވަނަ އަހަރު ނޫސްވެރިކަމުގެ މިނިވަންކަމުގައި ދުނިޔޭގެ 120 ވަނައިގައި ރާއްޖެ އޮތުމަށްފަހު، 2021 ވަނަ އަހަރު 72 ވަނައަށް މައްޗަށް ޖެހިލިއެވެ. ނަމަވެސް އޭގެފަހުން 2022 ވަނަ އަހަރު 15 ދަރަޖައަށް ތިރިއަށް ސޮއްސާލައި ރާއްޖެ އޮތީ 87 ވަނައިގައެވެ.
"ރިޕޯޓާސް ވިތައުޓް ބޯޑާސް" ގެ ފަރާތުން ކޮންމެ އަހަރަކު އާންމު ކުރަމުންދާ މިރިޕޯޓުގައި ބުނެފައިވަނީ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވެފައިވާ ވައުދުތައް ފުއްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މަސްދަރު ހާމަކުރުން މަޖުބޫރުކޮށް މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލާއި، ނޫސްތަކަށް ސްޕޮންސަރ ދިނުމުގައި ހާމަކަމެއް ނެތުމާއި، ނޫސްވެރިންނަށް ކުރިމަތިވާ ފުރައްސާރަތަކަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅުމަކީ ރާއްޖޭގެ ނޫސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެންތަކެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ދުނިޔޭގެ ޤައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ޙާލަތު އަންގައިދިނުމަށް ކޮންމެ އަހަރަކު ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ނެރޭ އިންޑެކްސްއެކެވެ. ކޮންމެ އަހަރެއްގެ މެއި މަހުގެ ތިންވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު