ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 06:08 ހާއިރު ފެން ހިއްކުމުގެ މަސައްކަތް ޕަންޕު ބޭނުންކޮށްގެން ފަށާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް މާލޭގެ ތިން ސަރަހައްދެއްގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. އެ ސަރަޙައްދުތަކަކީ ގިޔާސުއްދީން ސުކޫލު ހުންނަ ސަރަޙައްދާއި އައިޖީއެމްއެޗް ސަރަޙައްދާއި ދިރާގު ހެޑް އޮފީސް ހިމެނޭ ސަރަޙައްދެވެ.
ބޯކޮށް ވާރޭވެހުމުން މާލޭގެ މަގުތަކުގައި ފެން ބޮޑުވަނީ ކުރީ ސަރުކާރުން ފެން ހިންދާ ނިޒާމް ޑިޒައިންކޮށްފައިވާ ގޮތުންކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޝާހު ވިދާޅުވީ މާލެގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެން ހިންދާ ނިޒާމުގެ ކެޕޭސިޓީ 13 ކިލޯ ވޮޓަށް ބަދަލުކުރަންޖެހޭކަމަށެވެ. އަދި ކުރީ ސަރުކާރުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށްފައިވަނީ ބަލަންޖެހޭ ކަންކަމަށް ނުބަލާކަމަށް ޝާހު ވިދާޅުވެފައިވެއެވެ.
މާލެއަށް ބޯކޮށް ވާރޭވެހެމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު