ރާއްޖެ އާއި ޓޯގޯ ރިޕަބްލިކާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކޮށްފިއެވެ.
ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ރަސްމީގޮތުން ޤާއިމުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. ޓޯގޯ ރިޕަބްލިކްގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ކޯފި އަކަކްޕޯ އެވެ.
ރާއްޖެއާއި ޓޯގޯ އާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްވުމާ ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ވިދާޅުވީ ދިވެހިރާއްޖެއާއި ޓޯގޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
“މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، އެކި ދާއިރާތަކުން ޓޯގޯއާއެކު މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ.” މިނިސްޓަރ ޝާހިދު ވިދާޅުވެފައިވެއެވެ.
ޓޯގޯއަކީ ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމުކުރި 184 ވަނަ ޤައުމެވެ.

The establishment of diplomatic relations with Togo mark a key advancement in the implementation of the foreign policy of #Maldives. It will increase people-to-people contact & cooperation between 🇲🇻 & 🇹🇬.
— Abdulla Shahid (@abdulla_shahid) May 4, 2023
Togo is the 184th country to establish diplomatic relations with… pic.twitter.com/D3o0iPSiag
ޓޯގޯއަކީ ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމުކުރި 184 ވަނަ ޤައުމެވެ.
ކިޔުންތެރިންގެ ހިޔާލު