ކެމްބޯޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭ އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ ކެމްބޯޑިއާއަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ދިނުމަށް ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް ޢަމަލުކުރަން ފަށާފައިވާކަމަށެވެ.
ކެމްބޯޑިއާ އާއި ރާއްޖެއާއި ދެމެދު އޮންއެރައިވަލް ވިސާ ދިނުމަށް ސޮއިކުރި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން ދެޤައުމުގެ ރައްޔިތުން އެއްގައުމު އަނެއް ގައުމަށް ދަތުރުކުރާއިރު، 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ.
އެކަމާ ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، އެކި ދާއިރާތަކުން ކެމްބޯޑިއާ އާއިއެކު މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ، ކެމްބޯޑިޔާގެ ބޮޑުވަޒީރަށާއި ކެމްބޯޑިޔާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.
ދިވެހިންނަށް ކެމްބޯޑިއާއިން އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސީ މިއަހަރުގެ ޖެނުއަރީ މަހުގެ 16ވަނަ ދުވަހު ރާއްޖެއާ ކެމްބޯޑިއާ ދެމެދު ސޮއިކުރެވުނު، ވިސާ އެކްސްޕްންޝަން އެއްބަސްވުމުގެ ދަށުންނެވެ.
ކެމްބޯޑިއާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ހަމަޖެހުމުން ފަތުރުވެރިންނާއި، ވިޔަފާރި ބޭނުންތަކަށް ދަތުރުކުރާ މީހުންނާއި، ޓްރާންސިޓް ކުރާ މީހުންނަށްވެސް، ކުރިއާލައި ވިސާ ނަގަން ނުޖެހި އޮން އެރައިވަލް ވިސާ ލިބޭނެއެވެ. ނަމަވެސް މަސައްކަތުގައާއި، ދިރިއުޅުން ބަދަލުކުރުމާއި ދިގުމުއްދަތަކަށް ތަޢުލީމު އުނގެނުންފަދަ ކަންކަމުގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ މިހުން ކުރިއާލައި ވިސާ ނަގަން ޖެހޭނެއެވެ. އަދި ހަމަކުރަންޖެހޭ ލިޔެކިޔުންތައް ހޯދަން ޖެހޭނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދީފައިވެއެވެ.

Very pleased with the entry into force of the visa waiver agreement between #Maldives and #Cambodia allowing Maldivians to travel to Cambodia without a prior visa.
— Abdulla Shahid (@abdulla_shahid) May 4, 2023
A milestone that will increase our people to people links and strengthen 🇲🇻- 🇰🇭 bilateral relations.
Agreement…
ދިވެހިންނަށް ކެމްބޯޑިއާއިން އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސީ މިއަހަރުގެ ޖެނުއަރީ މަހުގެ 16ވަނަ ދުވަހު ރާއްޖެއާ ކެމްބޯޑިއާ ދެމެދު ސޮއިކުރެވުނު، ވިސާ އެކްސްޕްންޝަން އެއްބަސްވުމުގެ ދަށުންނެވެ.
ކެމްބޯޑިއާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ހަމަޖެހުމުން ފަތުރުވެރިންނާއި، ވިޔަފާރި ބޭނުންތަކަށް ދަތުރުކުރާ މީހުންނާއި، ޓްރާންސިޓް ކުރާ މީހުންނަށްވެސް، ކުރިއާލައި ވިސާ ނަގަން ނުޖެހި އޮން އެރައިވަލް ވިސާ ލިބޭނެއެވެ. ނަމަވެސް މަސައްކަތުގައާއި، ދިރިއުޅުން ބަދަލުކުރުމާއި ދިގުމުއްދަތަކަށް ތަޢުލީމު އުނގެނުންފަދަ ކަންކަމުގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ މިހުން ކުރިއާލައި ވިސާ ނަގަން ޖެހޭނެއެވެ. އަދި ހަމަކުރަންޖެހޭ ލިޔެކިޔުންތައް ހޯދަން ޖެހޭނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދީފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު