އދ. ދިއްދޫ ކައުންސިލްގެ ބައި-އިލެކްޝަން މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ކެންޑިޑޭޓް އަނީސް މުހައްމަދު ކާމިޔާބު ކުރަށްވައިފިއެވެ.
ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ދިއްދޫ ބައި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 147 މީހުންނަށެވެ. ނަމަވެސް އިންތިޚާބުގައި ވޯޓު ލީ 106 މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން މިއަދު ބޭއްވި އިންތިޚާބުގައި ދިއްދޫގައި ބެހެއްޓި ވޯޓު ފޮށިން އަނީސަށް ލިބިފައިވަނީ 39 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ރަޝީދާ އާދަމަށް 45 ވޯޓު ވަނީ ލިބިފައެވެ.
އޭގެއިތުރުން މާލޭގައި ބެހެއްޓި ވޯޓު ފޮށިން އަނީސަށް 23 ވޯޓު ލިބިފައިވާއިރު ރަޝީދާއަށް އެ ފޮށިން ލިބިފައިވަނީ 12 ވޯޓެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްއެންޕީގެ ކެންޑިޑޭޓް އަނީސެވެ.
ދިއްދޫ ކައުންސިލްގެ ގޮނޑި ހުސްވީ އެ ކައުންސިލްގެ މެންބަރަކު އިސްތިއުފާދެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު