ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދަށް ޝަރަފުގެ މެޑަލް ދިން މައްސަލަ ޕޮލިސް ބޯޑުން ބަލަން ފަށައިފި އެވެ.
ދާއޫދަކީ އަޚްލާޤީ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ލަފާ ދީފައިވާ އޮފިސަރެކެވެ. ނަމަވެސް ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރަން މިދިޔަ މަހުގެ 29 ބޭއްވި ހަފުލާގައި އޭނާއަށް ވަނީ ރައީސްގެ ޝަރަފުގެ މެޑަލް އަރުވާފައެވެ.
އެކަމާގުޅިގެން ޕޮލިސް ބޯޑަށް ހުށައެޅި މައްސަލާގައިވަނީ، ފުލުހުންގެ ވަޒީފާއިން ވަކިކުރަން ލަފާ ދީފައިވާ ފުލުހަކަށް ރައީސްގެ ޝަރަފުގެ މެޑަލް ދޭން ނިންމި ސަބަބު ސާފުކޮށްދިނުމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދަށް ދެންނެވުމަށެވެ.
ދާއޫދު ހިމެނޭ ގޮތަށް ފުލުހުންގެ ވަޒީފާ އިން ހަތް އޮފިސަރަކު ވަކި ކުރަން ޕޮލިސް ބޯޑުން ލަފާ ދީފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން 2021 އަހަރު ފާސް ކުރި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް އޮފިސަރުން ވަކިކުރުމުގެ މައްސަލަ މިވަގުތު އޮތީ ކޯޓުގައެވެ.
ދާއޫދުގެ ސުލޫކީ މައްސަލަ ބަލާފައިވަނީ، ސޯޝަލް މީޑިޔާގައި ސިޔާސީ ޕޯސްޓަކަށް ކޮމެންޓްކޮށް އަދި ލައިކް ދީފައިވާކަމަށް ބުނެއެވެ. ނަމަވެސް އެކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު ވަނީ އިންކާރު ކުރަށްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލީ މުޑުދާރުކޮށް ޖުޑީޝަރީއަށް އަތްބާނައިގެން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި އިދިކޮޅު ހަރަކާތްތަކުގައި މިހާރު އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓަކަށް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު ތާއީދުކޮށްފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން އެދުވަސްވަރު ރިޕޯޓް ކޮށްފައިވެއެވެ.
ސޯޝަލް މީޑިޔާގައި އެކި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އެކައުންޓްތަކާއި އެއްގޮތް އެކައުންޓްތައް ހަދައިގެން އެމީހުންގެ އަގުވައްޓާލައި ފިތުނަ އުފެއްދުމަށް މިފަދަ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރެއެވެ. އެގޮތުން މަޝްހޫރު ބޭފުޅުންނާއި ސިޔާސީ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ މީސް މީޑިއާ އެކައުންޓްތަކާއި ވަރަށް އެއްގޮތް އެކައުންޓްތައް ހަދައިގެން އެފަރާތްތަކުގެ ނަމުގައި ޓްވީޓްކޮަށް ރަށްދުނީ ހެދުމަކީ ވަރަށް އާންމުކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު