ފޯޅަވަހި މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީފުޅު ބާޠިލު ކޮށްދިނުމަށްއެދި އުމަރު ނަސީރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ފޯޅަވަހީގެ މައްޗަށް ސިޔާދަތީ މިލްކުވެރިކަން އޮންނާނީ މޮރިޝަސްއަށްކަމަށް ބުނެ އެއްވެސް ފަރާތަކަށް ދިވެހި ސަރުކާރުން ލިޔުމެއް ފޮނުވާފައިވާނަމަ، އެ ލިޔުމެއް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައަޅައި، ބާޠިލު ކޮށްދެއްވުމަށް އެދި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅުއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
ފޯޅަވަހި މައްސަލައިގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޢުމަރު ނަސީރާއި، މުހައްމަދު މުސްތާޤާއި، ލ.ކާނަލް (ރޓޑ) ޒުބައިރު އަޙުމަދު މަނިކެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަންނަށް ނިންމެވީ އެ ކޯޓުގެ ރަޖިސްޓްރާއެވެ. މައްސަލަ އެ ކޯޓުން ބޭރުކޮށްލިނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލް ލިބިފައެއް ނުވެއެވެ.
އެމައްސަލަައިގައި ބުނެފައިވަނީ، ފޯޅަވަހީގެ މައްޗަށް ސިޔާދަތީ މިލްކުވެރިކަން އޮންނާނީ މޮރިޝަސްއަށްކަމަށް ޤަބޫލުކުރާ ކަމަށް ބުނެ، ދައުލަތުގެ އެއްވެސް ބޭފުޅެއްގެ ނަންފުޅުގައި މޮރިޝަސްގެ ރަސްމީ އެއްވެސް ފަރާތަކަށް ނުވަތަ ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކަށް އެއްވެސް ލިޔުމެއް ފޮނުއްވައިފައިވާނަމަ، އެ ލިޔުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް ޣައިރުދުސްތޫރީ އަދި ޣައިރު ޤާނޫނީ ގޮތުގައި ފޮނުވައިފައިވާ ލިޔުމެއް ކަމުގައިވާނޭކަން ކަށަވަރުކަމާ އެކު އެނގޭކަމަށެވެ.
އެހެންކަމުން އެފަދަ ލިޔުމެއް ފޮނުއްވައިފައިވާނަމަ އެ ލިޔުމެއް ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ކަނޑައަަޅައި، ބާޠިލު ކޮށްދެއްވުމަށް މައްސަލައިގައި ވަނީ އެދިފައެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ފޯޅަވަހީގެ މައްސަލައިގައި ފާހަގަކުރެވޭ އިތުރު ކަންކަން ބަޔާންކޮށްފައެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހުމުގެ މައްސަލާގައި ހުކުމް އިއްވީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.
އިޓްލޮސްގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ބޯޑަރުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލައިގައި، ރައީސް ޞާލިޙްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހިވި ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަދި މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި އިޓްލޮސް އިން ނިންމާފައިވަނީ ރާއްޖެއިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް އިޤްތިޞާދީ ސަރަޙައްދުގެ ފުށުއަރާ ސަރަޙައްދުން ބޮޑުބައި ލިބޭ ގޮތަށެވެ. އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފައެވެ.
އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.
މި މައްސަލަ ނިމުނު ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާނަމަ އެ ހިސާބަކަށް އިން ކަނޑައަޅަން ހުށަހެޅެއެވެ.
ރާއްޖެއިން ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިފަ އެވެ. އެއާއެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅި އެވެ. ސީއެލްސީއެސްގައި އޮތް މައްސަލަ އަދި ނުނިމެ އެވެ.

ކިޔުންތެރިންގެ ހިޔާލު