ޤައުމުގެ ހެވަށްޓަކައި ޖުމްހޫރީ ޕާޓީ އޮތީ ފަސްޖެހޭކަށް ނޫން ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރ އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
އިޤްބާލް އާދަމް މިމޭރުމުން ވިދާޅުވެފައިވަނީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ޖޫންމަހުގެ 1 ވަނަ ދުވަހު އޮންނާނެކަމަށް ޖުމްހޫރީ ޕާޓީން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޖުމްހޫރީ ޕާޓީން ބުނީ ޖޫން 1 ވަނަ ދުވަހު އެޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުންވެސް އޮންނާނެކަމަށެވެ.
އެކަމާ ގުޅޭގޮތުން އިޤްބާލް ވިދާޅުވީ ޖޭޕީ އޮތީ ފަސްޖެހޭ ގޮތަށް ނޫން ކަމަށާއި، ޤައުމުގެ ހެވަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްކުރުމަށް ޖޭޕީ އޮންނާނީ ހިތްވަރާއި ސާބިތުކަންމަތީގައި ކަމަށެވެ. އެގޮތުން އިއްޔެ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރ ޤާސިމް އިބްރާހީމްގެ ލަފާފުޅާއެކު މުހިންމު މަޝްވަރާތަކެއް ކުރެވި ޚާއްސަ ނިންމުންތަކެއް ނިންމާފައިވާކަމަށް އިޤްބާލް ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބު 2023ގެ ކެމްޕޭން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިންމައި، ލަހެއް ފަހެއްނެތި ކެމްޕޭނަށް ނުކުތުން އަވަސްކުރުމަށް ލީޑަރ، ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ޖޭޕީގެ ލީޑަރޝިޕަށާއި ޕާޓީގެ ސެކްރެޓޭރިއަޓަށް އަންގަވައިފި." އިޤްބާލް ވިދާޅުވިއެވެ.
ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ނުކުރައްވާނެކަމަށް އެއްވެސް ބޭފުޅަކު ޤަބޫލު ކުރަށްވައިގެން ނުވާނެކަމަށެވެ. ޤާސިމް ވިދާޅުވީ ގިނިކަންޏާ ނަމަވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަން ސޯޝަލް މީޑިއާގައި ސާފުކޮށް ހިއްސާ ކޮށްދެއްވަން ކައުންސިލްގެ މެމްބަރުންގެ އަރިހުން ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް އެރުވުން ޖޫން އެއް ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާއިރު، އެމަނިކުފާނުގެ ޖުމްހޫރީ ޕާޓީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުންވެސް ގުޅެމުންދާކަން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު