ސްކޫލް ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓުގެ ހިދުމަތަށް އެދި ހުށައަޅާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ސްކޫލް ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓް ހައްދަން އެދޭ ފަރާތްތައް އިތުރުވެ، މިހާރު ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބޭ ކަމަށެވެ.
ގިނަ ބަޔަކު ޕާސްޕޯޓުގެ ޚިދުމަތަށް އެދެމުންދާތީ، ވީއެންމެ އަވަހަށް ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. މީގެކުރިން އާއްމުކޮށް ދުވާލެއްގެ މައްޗަށް 160 ޕާސްޕޯޓް ދޫކުރި ނަމަވެސް އެޢަދަދު މިހާރު 280 އަށްވުރެ މައްޗަށް އަރާފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އެޕްލިކޭޝަން ގިނަވި ނަމަވެސް ޚިދުމަތްދޭ ވަގުތު އިތުރުކުރަން މިހާތަނަށް ނިންމައިފައިނުވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
ކޮންމެ އަހަރެއްގެވެސް ސްކޫލް ބަންދު ފަދަ ޗުއްޓީތަކާއި ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންގެ އަދަދު އިތުރުވެއެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން ޕާސްޕޯޓަށް އެދި ހުށަހަޅާ މިންވަރުވެސް ކޮންމެ އަހަރަކުވެސް އިތުރުވެގެން ދެއެވެ.
ރާއްޖޭގައި މިހާރު ބޭނުން ކުރާ ޕާސްޕޯޓަކީ މި ސަރަހައްދުގައި ވެސް އެންމެ ވަރުގަދަ އެއް ޕާސްޕޯޓެވެ. ވިސާ ހޯދުމެއް ނެތި ރާއްޖޭގެ ޕާސްޕޯޓުގައި 90 އަށްވުރެ ގިނަ ޤައުމަށް މިހާރު ދަތުރު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު