މާލޭ ރައްޔިތުންނަށް ގޯތި ލިބުމަށް ފޯޅަވަހި ކޯލިޝަނުން ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހުޅުމާލޭ މާސްޓަރ ޕްލޭންގައި ޔޮޓް މެރީނާ ބަނދަރެއް ތަރައްޤީކުރުމަށް ނިންމާފައިވާ ސަރަޙައްދު ހިއްކަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން މެންބަރު ފަލާޙް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވަނީ އެތައް ޒަމާނަކަށްފަހު ކަމަށެވެ. އަދި މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށްޓަކައި ހިއްކަން ހުރި ތަނެއް ހިއްކާ އެކަން ކުރާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ކެކިއަރާނެކަން މާލޭ މީހުންނަށް އެނގޭ ކަމަށެވެ.
“ތިޔަ ފޯޅަވަހި ކޯލިޝަނަކުން ނޭދޭނެ މާލޭ ރައްޔިތުންނަށް މިކަން ވާކަށް.. އެވެރިން އަބަދުވެސް އެދެނީ އެބިމުން ފައިސާ ހޯދާ އަމިއްލަ ޖީބު ބަރުކުރަން.” ފަލާޙް ވިދާޅުވިއެވެ.
ހުޅުމާލޭގެ ފަޅުން ބައެއް ހިއްކަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގޯތި ދޭން ބޭނުންވާ ބިން ނެތިގެންކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދުވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިއުވާން ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިން ކަނޑައަޅާފައިވާކަމަށެވެ. އަދި އެކަމަށް ދޭނެ ބިން ނެތިގެން ސަރުކާރުން ނޫޅޭ ކަމަށް މިއުވާން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 5000 ގޯތި ދޫކުރުމަށް ނިންމާފައެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯތި އަދި ގިރާވަރު ފަޅުން 2000 ގޯއްޗެވެ.

ކިޔުންތެރިންގެ ހިޔާލު