ޖަރުމަނުގެ ކަޕްގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ބަޔާން މިއުނިކުން ހޯދައިފި އެވެ. ޖަރުމަނު ލީގުގެ ޗެމްޕިއަންކަން މި ސީޒަނުގައި ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ހޯދުމަށް ފަހު ރޭ ހޯދި ކާމިޔާބީއާއެކު އެޓީމުން މިހާރު ވަނީ ޑޮމެސްޓިކް ޑަބަލް 13 ސީޒަނުގައި ހޯދައިފަ އެވެ.
ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޯލު ލިބުނު ހިލޭޖެހުމަކުން ޑޭވިޑް އަލާބާ ކާމިޔާބުކޮށްދިންއިރު ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ޒުވާޑް ފޯވާޑް ސާޖް ގްނެބްރީ އެވެ. ރޭގެ ގޯލާއެކު ގްނެބްރީ ވަނީ މި ސީޒަނުގައި މިހާތަނަށް 20 ގޯލު ޖަހާފައެވެ. ބަޔާނުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ކުޅަދާނަ ފޯވާޑް ރޮބާޓް ލެވޮންޑޮސްކީ އެވެ. މެޗުގެ ލެވަކޫސަންގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ، ސްވެން ބެންޑާ އެވެ. ލެވަކޫސަންގެ ފުރަތަމަ ގޯލަށްފަހު، ލެވޮންޑޮސްކީ ވަނީ މެޗުގައި އިތުރު ގޯލެއް ޖަހައި ނަތީޖާ 4-1 އަށް ބަދަލުކޮށްލާފަ އެވެ. ލެވަކޫސަންގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކާއި ހާވަޓްޒް އެވެ.
ރޭ ޖެހި ދެ ގޯލާއެކު ލެވޮންޑޮސްކީ ވަނީ މި ސީޒަނުގައި ބަޔާނަށް ކުޅުނު 44 މެޗުގައި 51 ގޯލު ޖަހައި މި ސީޒަނުގައި ޖަރުމަނު ލީގުގެ ރަން ބޫޓު ކަށަވަރުކޮށްފައެވެ. ރޭގެ މެޗާއެކު ބަޔާނުން މިހާރު ވަނީ ޖެހިޖެހިގެން 26 މެޗުން ބަލިނުވެ ކްލަބް ރެކޯޑެއް ހަދައިފަ އެވެ. މިދިޔަ 26 މެޗުގެ ތެރެއިން އެޓީމުން ވަނީ 25 މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްފަ އެވެ. އަނެއްކޮޅުން ރޭގެ މެޗަކީ ޖެހިޖެހިގެން އެޓީމުން ހޯދި 17 ވަނަ މޮޅެވެ.
ޖަރުމަނު ކަޕްގެ ފައިނަލަށް ފަހު ބަޔާން އާއި ލެވަކޫސަނަށް ޔޫރަޕްގެ މުބާރާތްތައް އަދި އެބައޮތެވެ. ބަޔާނުން ވަނީ، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގައި ރަށުން ބޭރުގައި 3-0 އިން ޗެލްސީ ބަލިކޮށްފަ އެވެ. ޔޫރޮޕާ ލީގުގައި ކުޅޭ ލެވަކޫސަނުން ވަނީ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގްގައި 3-1 އިން ރޭންޖާސް ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު