ހޯރަފުއްޓާއި މާވަރުލު އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭނެ އިންތިޒާމް މަހެއްހާ ދުވަހުގެ ތެރޭގައި ހަމަޖެހޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހާމަކޮށްފިއެވެ.
އަތޮޅުތަކުގެ އެއަރޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އުފައްދަވާ ކުންފުނީގެ ޚިދުމަތްތައް ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މިވަގުތު އެ ކުންފުނިން އަންނަނީ އަތޮޅުތަކުގެ 12 އެއަރޕޯޓްގެ ތެރެއިން 6 އެއަރޕޯޓެއް ހިންގުމާއި ހަވާލުވެ އެ މަސައްކަތްތައް ކުރަމުންނެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީ ވިދާޅުވެފައިވަނީ، ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓުގެ ރަންވޭގައި ލައިޓު ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެކުންފުނިން މިހާރުވަނީ ކުޅުދުއްފުށީ އެއަރޕޯޓްގައި ފްލައިޓް ނެވިގޭޝަން ލައިޓް ހަރުކޮށް ނިންމާފައެވެ.
ރިޒްވީ ވިދާޅުވީ، ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓުގެ ރަންވޭގައި ލައިޓް ޖެހުމުގެ މަސައްކަތް ނިންމާލެވޭނޭކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
ހއ. ހޯރަފުށީ އެއާޕޯޓަކީ 1،200 މީޓަރުގެ ދިގު އަދި 35 މީޓަރު ފުޅާ ރަންވޭއެއް އޮންނަ، އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއާޕޯޓެކެވެ. ރާއްޖޭގެ ސަރަހައްދީ އެއަރޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސެޓިފައި ކުރި އެއަރޕޯޓަކީ ހޯރަފުށީގެ އެއަރޕޯޓެވެ.
ގދ. މާވަރުލު އެއާޕޯޓަކީ 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭ އެއް އޮންނަ އެއާޕޯޓެކެވެ. މި ދެ އެއާޕޯޓުވެސް ތަރައްޤީ ކޮށްފައިވަނީ އެމްޓީސީސީންނެވެ.
ރޭގަނޑު ފްލައިޓްތައް ނުބާއްވާތީ ބައެއް ސަރަހައްދުތަކަށް ބައެއް ދުވަސްވަރު ޓިކެޓް ހޯދުމަކީ ދަތިކަމެއްކަން އާއްމުން ފާހަގަކުރެއެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ފަހުން ތަރައްޤީކޮށް ޚިދުމަތް ފެށި ގިނަ އެއަރޕޯޓްތަކުގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެހިފައި ނެތުމެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވަޢުދަކީ ކޮންމެ 20 މިނެޓަކުން ދަތުރުކުރެވޭ ހިސާބުގައި އެއަރޕޯޓެއް ތަރައްޤީ ކުރެއްވުމެވެ. އެގޮތުން މ. މުލި، ފ. މަގޫދޫ އަދި ރ. އަލިފުށީގައި ގާއިމްކުރާ އެއާޕޯޓުގެ މަސައްކަތް ނިމި މި އަހަރުތެރޭ ޚިދުމަތްދޭން ފެށޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު