ޗާގޮސް މައްސަލާގައި އިނގިރޭސިވިލާތާ ވާހަކަދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޗާގޮސްގެ ހަތް އަތޮޅަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބިއޮޓް) ގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށެވެ. އެހެންކަމުން އެތަނުގެ ސިޔާދަތީ ބާރު އޮންނާނީ އިނގިރޭސިވިލާތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވަނީ ރާއްޖެއާއި ޗާގޮސްގެ އިމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިން ކަމަކަށް ވަކާލާތުކުރެއްވުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން އިނގިރޭސިން ޗާގޯސްގައި ތިބޭއިރު ކުރިން ވެސް އޮތް ގޮތަށް ރާއްޖޭގެ ބޯޑަރު ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެދުމަށާއި، އިނގިރޭސިންގެ ބާރު ޗާގޯސްގައި އޮންނަހާ ހިނދަކު އެތަނުގެ ކަނޑުގެ ސަރަހައްދަކީ މަސްވެރިކަން ކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް ވަކާލާތު ކުރުމަށާއި، އިނގިރޭސިން ޗާގޮސް ދޫކޮށް ފައިބާއިރު އެތަން ހަވާލުކުރުން އެންމެ ރަނގަޅު ބައެއް އަލުން ދެނެގަތުމަށް އެޤައުމުގައި އެދުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވެއެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ނެރުނު އިސްތިޝާރީ ލަފައެއްގައި، ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށްވަނީ ބުނެފައެވެ.
މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްކުރެއްވީ ޗާގޮސްއާ ފުށުއަރާ ސަރަހައްދުގެ ވާހަކަ ނުގެނެސް ބޯޑަރު ކަނޑައެޅުމަށް އެއްބަސްވުމެއް މޮރިޝަސްއާއެކު ހެދުމަށްކަމަށެވެ. އަދި އެކަމަށް މޮރިޝަސްއިން އެއްބަސްވެއްޖެނަމަ ޗާގޮސްގެ ސިޔާދަތީ ބާރުގެ ކަންކަމުގައި ދޫދުނިމަށް ސަރުކާރުން ވިސްނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިޞާދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ.
އެކަމާ ގުޅިގެން ކަނޑުގެ ޤާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ކުރިއަށްދިޔަ ރާއްޖެއާއި ޗާގޮސްގެ އިންކަނޑައެޅުމުގެ މައްސަލާގައި އިޓްލޮސްއިން ނިންމާފައިވަނީ ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބެލުމަށެވެ. އެއާއެކު ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު