އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި، ޗެލްސީ، އާސެނަލް އަދި ލެސްޓަރ ކުޅުނު މެޗްތައް ކާމިޔާބުކޮށްފިއެވެ.
ލީގުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 5-2 އިން ބޯންމައުތް ބަލިކޮށްގެންނެވެ. މެޗުގައި ބޯންމައުތުން ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރައި ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު 18 އަހަރުގެ އިނގިރޭސި ފޯވާޑް މޭސަން ގްރީންވުޑް ޖެހިއިރު ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މާކަސް ރަޝްފާޑް އެވެ. ޔުނައިޓެޑްގެ ތިން ވަނަ ގޯލު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއާލް އެވެ.
ދެ ވަނަ ހާފު ފެށިގެން ކުރީކޮޅު ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން ބޯންމައުތުން ފަރަގު ކުޑަކުރި ނަމަވެސް ޔުނައިޓެޑްގެ ގްރީންވުޑް ވަނީ އެޓީމްގެ ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ އެޓީމަށް ޔަގީންކޮށްދީފައެވެ. ޔުނައިޓެޑްގެ ފަހު ގޯލު ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް އެވެ.
ރޭ ލެސްޓާސިޓީން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދި މެޗުގައި ޖެމީ ވާޑީ ވަނީ ދެ ގޯލު ޖަހައިފައެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ ނައިޖީރިއާގެ ފޯވާޑް ކެލެޗީ އީނާޗޯ އެވެ. ލެސްޓާ އިން މެޗް ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.
އާސެނަލުން ރޭ ވުލްވްސްގެ މައްޗަށް ކުރި ހޯދި މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖަހައިދިނީ 18 އަހަރުގެ އުއްމީދީ ކުޅުންތެރިޔާ ބުކާޔޯ ސަކާ އެވެ. އާސެނަލްގެ ދެ ވަނަ ގޯލު ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އަލްޒެންޑަ ލަކަޒެޓް އެވެ. ރޭގެ މެޗުން ބަލިވުމުން ގަދަ ހަތަރަކަށް އެރުމަށް މަސައްކަތް ކުރަމުން އަންނަ ވުލްވްސް އަށް ވަނީ އެ ފުރުސަތު ހަނިވެފަ އެވެ. ނަމަވެސް އާސެނަލުން ހޯދި މުހިއްމު މޮޅާއެކު އެޓީމުން ވަނީ އަންނަ ސީޒަނުގައި ޔޫރަޕްގެ ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުކޮށްފައެވެ.
ރޭ ދަންވަރު ވެޓްފޯޑް އަތުން ޗެލްސީ މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ވަނީ ދެ ގޯލު ޖަހައިފަ އެވެ. ރޮސް ބާކްލީ ދިން ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން ޗެލްސީ އަށް މެޗުގައި ލީޑު ނަގައިދިނީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޗެލްސީގެ ލީޑު ފުޅާކޮށްދިނީ ވިލިއަން އެވެ. ޗެލްސީގެ ތިން ވަނަ ގޯލު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބާކްލީއެވެ.
ލީގުގައި ރޭ ޗެލްސީން ހޯދި މޮޅާއެކު އެޓީމު ވަނީ ލީގުގެ ހަތަރު ވަނަ މަގާމް ދަމަހައްޓައިފަ އެވެ. ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޓީމުތަކުގެ ތެރެއިން ލެސްޓާ ތިން ވަނައިގައި އޮތީ 58 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 56 ޕޮއިންޓް ލިބިފައިވާއިރު ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. ހަ ވަނައިގައި އޮތީ 52 ޕޮއިންޓް ލިބިފައިވާ ވުލްވްސް އެވެ. އާސެނަލް ވަނީ 49 ޕޮއިންޓް ހޯދައި ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން ޗެމްޕިއަން ލިވަޕޫލުން އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނާނީ ރޭގަނޑު 20:30 ގަ އެވެ. ސައުތެމްޓަނުން އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނާނީ ރޭގަނޑު 23:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު