ޤައުމު ހިންގަން އުޅުނު ފާޑަށް މަޖިލީސް ހިންގަން ނޫޅުއްވުމަށް ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުލް މުޣުނީ ރައީސް ނަޝީދަށް ގޮވާލަށްވައިފިއެވެ.
މުޣުނީ މިމޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ކޮމިޓީތަކުން ބަދަލުކުރެވޭނީ އެމެންބަރުންގެ ރުހުމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
އެމްޑީޕީގެ ޕީޖީން ވަނީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވި މަޖިލީހުގެ މުހިންމު ކޮމިޓީތަކުން އެމެންބަރުން ވަކިކޮށް އާދައިގެ ކޮމިޓީތަކަށް އެމެންބަރުން ބަދަލު ކުރުމަށް މަޖިލީހަށް ހުށައަޅާފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތަށް ހިންގަން އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މެންބަރުންގެ އެދުމާއި ނުވަތަ ރުހުމާނުލައި މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ މެންބަރުން ބަދަލު ނުކުރަށްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވަމުން މުޣުނީ ވިދާޅުވީ، މަޖިލީހަކީ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ބޭނުންފުޅުވާގޮތަށް ހިންގަން އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ކުރަށްވަން ރައީސް ނަޝީދު އުޅުއްވީވެސް އެފަދަ ގޮތަކަށް ކަމަށް މުޣުނީ ވިދާޅުވިއެވެ.
"ޤައުމު ހިންގަން ޙަވާލުކުރީމަވެސް ތިޔަފާޑަށް އުޅެން އުޅުނު." މުޣުނީ ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި މީގެ ކުރިން ޕާލަމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފުވެގެން މެންބަރުންނަށް ފިޔަވަޅު ނޭޅިނަމަވެސް ފޯޅަވަހި އިމުގެ މައްސަލާގައި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ސޮއިކުރާ މެމްބަރުންގެ މައްސަލާގައި ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ޕީޖީ ގްރޫޕުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މަޖިލީހުގެ މެންބަރުން ނިސްބަތްވާ ކޮމިޓީތައް ބަދަލުކުރުމަށް މިހާރު ވަނީ މަޖިލީހަށް ހުށައަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި މެއި މަހުގެ 14 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައިވަނީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން، މަޖިލީހުގެ މެމްބަރުން އައްޔަންކޮށްފައިވާގޮތަށް ބަދަލު ގެނެސްދެއްވުމަށެވެ. އެގޮތުން ޖުމުލަ 13 ބަދަލެއް ވަނީ ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު