އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމަށް 5 އަހަރުވަންދެން އެމްޑީޕީގެ ޓިކެޓް ނުލިބޭގޮތަށް ޕާޓީން ވަކިކުރަން އެޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމައިފިއެވެ.
އާޒިމަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައަޅާފައިވަނީ، ފޯޅަވަހީގެ އިމުގެ މައްސަލާގައި ބަންޑާރަނާއިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމަށްބުނެ މަޖިލީހަށް ހުށައަޅާފައިވާ ލިޔުމުގައި ސޮއި ކުރެއްވުމާއި ގުޅިގެންނާއި، ފޯޅަވަހި މައްސަލާގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ރެލީއާ ގުޅޭގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ފިކުރެއްގެ ދިރުން ތަމްސީލުކުރަށްވަން ކަމަށް ވިދާޅުވެ ބައިވެރިވެ ވަޑައިގަތުމުންނެވެ.
ޕީޖީ ގްރޫޕުން ބުނެފައިވަނީ، ޢާޒިމްގެ ޢަމަލަކީ އެމްޑީޕީގެ އަސާސީ ގަވައިދުގެ 19 ވަނަ މާއްދާއާ ޚިލާފު އަމަލެއް ކަމަށެވެ. އެމާއްދާގައި ބުނެފައިވަނީ، ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވާ އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން، ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވެއްޖެނަމަ، މެމްބަރު ކަމުން ވަކިވާނެ ކަމަށެވެ.
މި ފިޔަވަޅާއެކު ކުރިއަށް އޮތް ދައުރުގައި، ރައްޔިތުންގެ މަޖިލީހުގައި އާޒިމަށް އެމްޑީޕީ ތަމްސީލެއް ނުކުރެއްވޭނެ އެވެ. އަދި ކުރިއަށްއޮތް 5 އަހަރު އެޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށްވެސް އަދި އެތެރޭގެ ޕްރައިމަރީއެއްގައިވެސް އާޒިމަށް ވާދައެއް ނުކުރެއްވޭނެއެވެ. އާޒިމަށް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވޭނީ އެއް އަހަރު ފަހުން 100 މެމްބަރުން ޕާޓީއަށް ވެއްދުމުގެ ފޯމާ އެކުގައި ކަމަށް ފިޔަވަޅުއަޅާ ކޮމިޓީން ވަނީ ނިންމާފައެވެ.
ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމުގައި މެންބަރުން އިއްތިފާގުވެފައި ވަނީ، ކެބިނެޓުގެ ވަޒީރަކާ މެދު އާޒިމް ދެއްކެވި ވާހަކަތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަކީ މެމްބަރު ކަމުން ވަކިކުރެވޭނެ ކަމެއް ކަމަށެވެ. އަދި އޭނާއަށް ފިޔަވަޅު ނާޅައިފިނަމަ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މަސްލަޙަތު ގެއްލޭނެކަމަށް އެމެންބަރުން އިއްތިފާގުވެފައިވެއެވެ.
އާޒިމަށާއި، ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނަށް ފިޔަވަޅުއެޅުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމާފައިވާއިރު ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފުވެގެން ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ ރައީސް ޞާލިޙަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު