ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ހިމެނޭ މެންބަރުން ބަދަލުކުރުމުގައި މަޖިލީހުގެ ރިޔާސަތުގެ ދައުރެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
މޫސަ މިމޭރުމުން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ކޮމިޓީތަކުން ބަދަލުކުރެވޭނީ އެމެންބަރުންގެ ރުހުމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
އެކަމާ ގުޅިގެން މޫސަ ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ މެންބަރުން ބަދަލުކުރުމަކީ މަޖިލީހުގައި މެންބަރުން ތަމްސީލުކުރަށްވާ ޕާޓީތަކުން ކުރާކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދު ޢަމަލުކުރަށްވަނީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށްކަމަށް ދޭހަވާ މޭރުމަކުން މޫސަ ވިދާޅުވީ، އެކަމުގައި ރިޔާސަތުގެ ހަމައެކަނި ދައުރަކީ ޕާޓީތަކުގެ ނިންމުން ތަޅުމުގައި ހާމަކުރުންކަމަށެވެ.
"އެކަންވެސް ހުއްޓުމަކަށް އަންނާނެ ރިޔާސަތުގެ އިތުބާރުނެތްކަމަށް ހުށައަޅާ ހިސާބުން." މޫސަ ވިދާޅުވިއެވެ.
ހަމައެއާއެކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމާފައިވާ މައްސަލާގައި މޫސަ ވިދާޅުވެފައިވަނީ، އެމްޑީޕީން މީގެ ކުރިންވެސް އެޕާޓީގެ މެންބަރުން ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ. އަދި ތާރީޚަކީ އިއާދަވާ އެއްޗެއް ކަމަށް މޫސަ ވިދާޅުވިއެވެ.
"އެއީވެސް ޕާޓީގެ އަސާސްތަކަށްޓަކާ އޭރު ކުރި ކަންކަން." މޫސަ ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މެއި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި އެދިފައިވަނީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން، މަޖިލީހުގެ މެމްބަރުން އައްޔަންކޮށްފައިވާގޮތަށް ބަދަލު ގެނެސްދެއްވުމަށެވެ. އެގޮތުން ޖުމުލަ 13 ބަދަލެއް ވަނީ ހުށަހަޅާފައެވެ.
މަޖިލީހުގެ މެންބަރުންގެ ކޮމިޓީތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެމްޑީޕީން ނިންމާފައިވާއިރު، އެމްޑީޕީގެ ވިޕްލައިނާ ޚިލާފުވުމުން 4 މެންބަރަކަށް ޕާޓީން ވަކިކުރާނެކަމުގެ އިންޒާރު އެޕާޓީން މިއަދުވަނީ ދީފައެވެ. ހަމައެއާއެކު މެންބަރު އަލީ އާޒިމް ޕާޓީން ވަކިކުރަން ފިޔަވަޅުއަޅާ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
އާޒިމަށާއި، ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނަށް ފިޔަވަޅުއެޅުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމުމާގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފުވެގެން ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ ރައީސް ޞާލިޙަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު