ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީގެ މެންބަރުން ހިމެނޭގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައި އެކަން މަޖިލީހުގެ ރިޔާސަތަށް އަންގައިފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މެއި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި އެދިފައިވަނީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން، މަޖިލީހުގެ މެމްބަރުން އައްޔަންކޮށްފައިވާގޮތަށް ބަދަލު ގެނެސްދެއްވުމަށެވެ. އެގޮތުން ޖުމުލަ 13 ބަދަލެއް ވަނީ ހުށަހަޅާފައެވެ.
އަސްލަމް ހުށައެޅުއްވި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ، ޖުޑީޝަރީ ކޮމިޓީގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ބަދަލުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހިމެނުއްވުމަށާއި، ޕެޓިޝަން ކޮމިޓީގައި، ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ ބަދަލުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހިމަނައިދެއްވުމަށެވެ.
އޭގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ބަދަލުގައި ސްޓޭޓް އޯންޑް އެންޓަރޕްރައިސިސް ކޮމިޓީގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހިމަނައި ދެއްވުމަށާއި، އިމްތިޔާޒު އަދި ސުލޫކު ކޮމިޓީގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ ބަދަލުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހިމެނުއްވުމަށެވެ.
ހަމައެހެންމެ އާއްމު ކޮމިޓީގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންގެ ބަދަލުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހިމެނުއްވުމަށާއި، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ ބަދަލުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ހިމަނައިދެއްވުމަށް ހުށަހަޅުއްވާފައިވެއެވެ.
އިތުރަށް ހުށަހަޅުއްވާފައިވާ ބަދަލުތަކުގެ ތެރޭގައި އިޖުތިމާއީ ކޮމިޓީގައި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ބަދަލުގައި ކޮމިޓީގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހިމަނައި ދެއްވުމަށާއި، ޖުޑީޝަރީ ކޮމިޓީގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ބަދަލުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހިމެނުއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ހަމައެއާއެކު ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ބަދަލުގައި ފުވަައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހިމެނުއްވުމަށާއި، ސްޓޭޓް އޯންޑް އެންޓަރޕްރައިޒިސް ކޮމިޓީގައި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންގެ ބަދަލުގައި މެމްބަރު ޔައުގޫބް އަބްދުﷲ ހިމެނުމަށް ވަނީ އެދިވަޑައިގެންފައެވެ.
މަޖިލީހުގެ މެންބަރުންގެ ކޮމިޓީތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެމްޑީޕީން ނިންމާފައިވާއިރު، އެމްޑީޕީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ކޮމިޓީތަކުން ބަދަލުކުރެވޭނީ އެމެންބަރުންގެ ރުހުމާއެކު ކަމަށެވެ.
އޭގެ އިތުރުން އެމްޑީޕީގެ ވިޕްލައިނާ ޚިލާފުވުމުން 4 މެންބަރަކަށް ޕާޓީން ވަކިކުރާނެކަމުގެ އިންޒާރު އެޕާޓީން މިއަދުވަނީ ދީފައެވެ. ހަމައެއާއެކު މެންބަރު އަލީ އާޒިމް ޕާޓީން ވަކިކުރަން ފިޔަވަޅުއަޅާ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ. އާޒިމާއި، ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނަށް ފިޔަވަޅުއެޅުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމުމާގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފުވެގެން ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ ރައީސް ޞާލިޙަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު