އެއްވެސް މީހަކަށް ޤާނޫނަށްވުރެ މަތީގައި ނުހުރެވޭނެ ކަމަށާއި މަޖިލީހަކީ އައްޑާއެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓް ތަކެއްގައި މެންބަރު ޝަރީފް މިއަދު ވިދާޅުވީ، ރައީސް ނަޝީދު މިހާރު މަޖިލީހުގެ އިދާރާ ހައްދަވާފައިވަނީ، އިދިކޮޅުން ސަރުކާރާ ދެކޮޅަށް ހަރަކާތް ހިންގާ އައްޑާއަކަށް ކަމަށެވެ.
އެގޮތުން ރައީސް ނަޝީދު، ގާނޫނަށް ބެލުމެއްނެތި އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ހައްގަށް އަރައިގަންނަމުންދާ ކަމަށް ޝަރީފް ތުހުމަތު ކުރެއްވިއެވެ. އަދި ރައްޔިތުން ބޭނުންވާ ބިލުތައް ފަހަށް ޖައްސާލުމަށްފަހު ސަރުކާރަށް ޖެއްސުން ކުރުމަށް އެކިއެކި ގަރާރުތައް ކުރިޔަށްގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
"ޤާނޫނަކަށް ޤަވާއިދަކަށް ބޯލެނބުމެއްނެތް. މަޖިލީހުގެ ވަސީލަތްތައް ބޭނުން ކުރަށްވަނީ ނަހަމަ ގޮތުގައި. މީ 'ރޫލް އޮފް ލޯ' ފުހެވިދާނެފަދަ ނުރައްކާތެރި ކަމެއް." ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ރައީސްގެ މަގާމުގައި ރައީސް ނަޝީދު ހުންނެވި ނަމަވެސް ޤާނޫނު މުގުރަން ދޫކޮށްލާފައި ބެހެއްޓުމުން އެ ދެވެނީ ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށެވެ. އަދި އެއްވެސް މީހަކު ޤާނޫނަށްވުރެ މަތީގައި އޮޕަރޭޓް ކުރަން ދޫކުރުމަކީ ޤާނޫނުގެ ހުރުމަތް ކެނޑިގެންދާނެ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިބީދައިން ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައިވާއިރު، މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން، އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ކޮމިޓީތަކަށް އައްޔަންކޮށްފައިވާގޮތަށް ބަދަލު ގެނައުމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އަސްލަމް ހުށައެޅުއްވި ގޮތަށް ޢަމަލު ނުކުރަށްވާނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތަށް ހިންގަން އޮންނަ ތަނެއް ނޫން ކަމަށާއި، އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މެންބަރުންގެ އެދުމާއި ނުވަތަ ރުހުމާނުލައި މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ މެންބަރުން ބަދަލު ނުކުރަށްވާނެ ކަމަށެވެ.

MDP ge Raees magaamu ga hunnevi beyfulhakah vaathee @MohamedNasheed kamah viyas gaanoonu muguran dhoollaafa behettumun e dheveynee varah nurakkaatheri massage eh. Evves meehaku gaanoonah vuren matheega operate kuran dhookurumakee gaanoonu ge hurumai kedigendhaane kameh
— Ibrahim Shareef (@AdduShareef) May 16, 2023
ޝަރީފް މިބީދައިން ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައިވާއިރު، މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން، އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ކޮމިޓީތަކަށް އައްޔަންކޮށްފައިވާގޮތަށް ބަދަލު ގެނައުމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އަސްލަމް ހުށައެޅުއްވި ގޮތަށް ޢަމަލު ނުކުރަށްވާނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތަށް ހިންގަން އޮންނަ ތަނެއް ނޫން ކަމަށާއި، އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މެންބަރުންގެ އެދުމާއި ނުވަތަ ރުހުމާނުލައި މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ މެންބަރުން ބަދަލު ނުކުރަށްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު