ރާއްޖެގެ ރަށްރަށުގައި ގެސްޓް ހައުސް ހަދަން ހުއްދަ ދިނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނޫންކަމަށާއި، އެ ހުއްދަ ދިނީ އޭގެކުރިން 2008 ވަނަ އަހަރުގެ ކުރީކޮޅުގައި ރައްޔިތުންގެ މަޖިލީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިހެން ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ތަޢާރަފްކޮށްފައިވަނީ ރައީސް ނަޝީދުކަމަށްބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން މޫސަ ވިދާޅުވީ، 16 ވަނަ ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ ކަންތައްތަކަކީ ވަކިމީހެއްގެ ސިޔާސަތެއްގެ ގޮތުގައި ދެއްކުމަކީ އޮޅުވާލުން ކަމަށެވެ.
އެގޮތުން މޫސަވަނީ ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިނުމަށް ގޮވާލާ 2008 ވަނަ އަހަރުގެ ޖުލައިމަހު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤަރާރެއް މީސްމީޑިއާ މެދުވެރިކޮށް ޢާއްމު ކުރަށްވާފައެވެ.
ރީކޯ މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު މީގެ ކުރިން ރައީސް ސާލިހުވެސް ވިދާޅުވެފައިވަނީ، ގެސްޓް ހައުސްއަކީ ރައީސް ނަޝީދު ގެނެސްދެއްވި އެއްޗެއްކަމަށް ބުނާއިރު އެއީ ހަގީގަތެއް ނޫންކަމަށެވެ. އަދި އެކަން ވެގެންދިޔައީ އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން ކުރި މަސައްކަތުންކަމަށް ރައީސް ސާލިހުވެސް ވިދާޅުވިއެވެ.
"ކުރިން މާލޭގައި ނޫނީ ގެސްޓް ހައުސް ނުހެދޭ. އެއަށްފަހު ރަށްރަށުގައި ގެސްޓް ހައުސް ހެދޭގޮތަށް އެ ބަދަލު ގެނައި ކޮން ބަޔަކު ކޮން އިރަކުތޯ މިއީވެސް ވިސްނަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގައި އެބަހުރި މަސައްކަތްތަކެއް ކޮށްފައި. އެހެންނަމަވެސް ކުރިން ސަރުކާރުން ނިންމާފައި އޮތް ނިންމުން ބަދަލުވެގެން ދިޔައީ، ބަދަލު ކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން. މަޖިލިސް ތެރެއިން. ސަރުކާރަށް އެކަން ކުރަން ލާޒިމުވާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު. އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ މޫސަ، ޝާހިދު، މާރިޔާފަދަ ބޭފުޅުން." ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ރައީސް ސާލިހު ވިދާޅުވެފައިވަނީ ގެސްޓް ހައުސް ހެދުމަށް ހުއްދަ ހޯދުމަށް ކުރި މަސައްކަތް ހިނގައިދިޔަ ގޮތާއި އެކަމުގެ ބަހުސް ކުރިއަށް ދިޔަ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ.
ރާއްޖޭގެ ރަށައްރަށުގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދިނުމަށް މަޖިލީހުގެ ގަރާރަކުން ނިންމި ނަމަވެސް ގެސްޓް ހައުސްގެ ވިޔަފާރި ހިންގުމަށް މާމިގިލީ އަބުދުލްހައްނާނު އިމާރާތްކުރި 03 ކޮޓަރީގެ ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ނުދިނުމަށް ނިންމުމުން އޭނާގެ ފަރާތުން އެ މައްސަލަ 2008 ވަނަ އަހަރު ވަނީ މަދަނީ ކޯޓަށް ހުށައަޅާފައެވެ.
އަދި އެކޯޓުން ވަނީ 03 ކޮޓަރީގެ އެ ގެސްޓް ހައުސްއަކީ ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް އިމާރާތް ކޮށްފައިވާ ތަނެއްނަމަ އެތަން ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދިނުމަށް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފައެވެ. ގިނަ ބަޔަކު އެއްބަސްވާގޮތުގައި ރަށްރަށުގައި ގެސްޓް ހައުސް ހިންގަން ފަށާފައިވަނީ މަދަނީ ކޯޓުގެ އެޙުކުމަށްފަހުއެވެ.

16 vana rahyyathunge majleehun kurevunu kankan vakimeehegge siyaasathegge gothugaa iulaanukurumakee kandaelhigen olhuvaalhun pic.twitter.com/Cs7mKkPxkU
— Moosa Maniku (Reeko) (@ReekoMoosa) May 18, 2023
ރީކޯ މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު މީގެ ކުރިން ރައީސް ސާލިހުވެސް ވިދާޅުވެފައިވަނީ، ގެސްޓް ހައުސްއަކީ ރައީސް ނަޝީދު ގެނެސްދެއްވި އެއްޗެއްކަމަށް ބުނާއިރު އެއީ ހަގީގަތެއް ނޫންކަމަށެވެ. އަދި އެކަން ވެގެންދިޔައީ އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން ކުރި މަސައްކަތުންކަމަށް ރައީސް ސާލިހުވެސް ވިދާޅުވިއެވެ.
"ކުރިން މާލޭގައި ނޫނީ ގެސްޓް ހައުސް ނުހެދޭ. އެއަށްފަހު ރަށްރަށުގައި ގެސްޓް ހައުސް ހެދޭގޮތަށް އެ ބަދަލު ގެނައި ކޮން ބަޔަކު ކޮން އިރަކުތޯ މިއީވެސް ވިސްނަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ކުރީގެ ވެރިކަމުގައި އެބަހުރި މަސައްކަތްތަކެއް ކޮށްފައި. އެހެންނަމަވެސް ކުރިން ސަރުކާރުން ނިންމާފައި އޮތް ނިންމުން ބަދަލުވެގެން ދިޔައީ، ބަދަލު ކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން. މަޖިލިސް ތެރެއިން. ސަރުކާރަށް އެކަން ކުރަން ލާޒިމުވާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު. އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ މޫސަ، ޝާހިދު، މާރިޔާފަދަ ބޭފުޅުން." ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ރައީސް ސާލިހު ވިދާޅުވެފައިވަނީ ގެސްޓް ހައުސް ހެދުމަށް ހުއްދަ ހޯދުމަށް ކުރި މަސައްކަތް ހިނގައިދިޔަ ގޮތާއި އެކަމުގެ ބަހުސް ކުރިއަށް ދިޔަ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ.
ރާއްޖޭގެ ރަށައްރަށުގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދިނުމަށް މަޖިލީހުގެ ގަރާރަކުން ނިންމި ނަމަވެސް ގެސްޓް ހައުސްގެ ވިޔަފާރި ހިންގުމަށް މާމިގިލީ އަބުދުލްހައްނާނު އިމާރާތްކުރި 03 ކޮޓަރީގެ ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ނުދިނުމަށް ނިންމުމުން އޭނާގެ ފަރާތުން އެ މައްސަލަ 2008 ވަނަ އަހަރު ވަނީ މަދަނީ ކޯޓަށް ހުށައަޅާފައެވެ.
އަދި އެކޯޓުން ވަނީ 03 ކޮޓަރީގެ އެ ގެސްޓް ހައުސްއަކީ ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް އިމާރާތް ކޮށްފައިވާ ތަނެއްނަމަ އެތަން ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދިނުމަށް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފައެވެ. ގިނަ ބަޔަކު އެއްބަސްވާގޮތުގައި ރަށްރަށުގައި ގެސްޓް ހައުސް ހިންގަން ފަށާފައިވަނީ މަދަނީ ކޯޓުގެ އެޙުކުމަށްފަހުއެވެ.
ކިޔުންތެރިންގެ ހިޔާލު