އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން ޕާޓީން އަމިއްލައަށް އިސްތިޢުފާދެއްވި މެންބަރުން މަޖިލީހުގެ ދަފްތަރުން ވަކިކުރާނީ އަމިއްލައަށް އެކަން މަޖިލީހަށް އެންގެވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 36 ވަނަ މާއްދާގައި މެންބަރުން މަޖިލީހުގައި ތަމްސީލު ކުރަށްވާ ޕާޓީގެ ދަފްތަރުން ވަކިވާނެގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން މެންބަރުން ޕާޓީގެ ދަފްތަރުން ވަކިވާނަމަ އެކަން އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
އަދި މަޖިލީހުގައި އޮންނަ ޕާޓީގެ ދަފްތަރަށް ބަދަލު އަންނާނީ އެގޮތަށް ލިޔުއްވުމުން ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.
"މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މި ދެންނެވި 12 ބޭފުޅުން އަދި މަޖިލީހަށް ލިޔުއްވާން އެބަ ޖެހޭ އެމްޑީޕީން ވަކިވި ކަމަށް." ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގައި ހިމެނޭ އެމްޑީޕީގެ 12 މެންބަރަކު އިއްޔެ ވަނީ އެމްޑީޕީން އިސްތިޢުފާދެއްވައި އެކަން އިޢުލާނު ކުރަށްވާފައެވެ. އޭގެ ކުރިން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާމެދު ފިޔަވަޅު އަޅައި އެމްޑީޕީން ވަނީ އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އާޒިމް ވަކިކުރި ކަމާއި އިތުރު 12 މެންބަރަކު އެމްޑީޕީން ވަކިވިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު