ރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ޢަމަލު ކުރަށްވާފައިވާ ގޮތުން، ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ގެއްލިފައިވާ ކަމަށްބުނެ މަޖިލީހަށް ހުށައަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މިދިިޔަ ބުރާސްފަތި ދުވަހު މަޖިލިހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް އެ މައްސަލާގައި ބަހުސް ކުރަން ފެށުމުގެ ކުރިން ދިނުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ނޯޓިސް މިދިޔަ އަންގާރަ ދުވަހު ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ އެމައްސަލަ އެޖެންޑާ ކުރަށްވާނެ ދުވަހެއް ފަހުން އިޢުލާނު ކުރަށްވާނެ ކަމަށެވެ.
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީގެ ބައެއް މެމްބަރުންނާއި، ޕީޕީއެމާއި، ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ ތާއީދާ އެކުގައެވެ.
މި މައްސަލާގައި އެމްޑީޕީން ބުނެފައިވަނީ ރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. އަދި ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސްއިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެކަމަށް އެމްޑީޕީން ބުންޏެވެ.
އަދި އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓަރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް، އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްޑީޕީން ވަނީ ދީފައެވެ. އެގޮތުން އެ މައްސަލާގައި ސޮއިކުރެއްވި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިހާރުވަނީ އެމްޑީޕީން ވަކިކޮށްފައެވެ.
މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ރާއްޖޭގައި ހުރި މައްސަލަތަކުގެ ތެރެއިން ރާއްޖޭގެ އިމާ ގުޅޭ މި މައްސަލާގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށެވެ. ދިވެހިރައްޔިތުން ބަޔަކާ ގައުމު ހިންގަން ހަވާލުކުރަނީ އިޚްލާސްތެރިކަމާ އެކު އެކަން ކުރުމަށް ކަމަށާއި، އެހެންކަމުން ވެރިކަމުގައި ތިއްބަވާ ބޭފުޅުން ދިވެހި ގައުމުގެ ބިމަށް ހިޔާނާތްތެރިވެގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓުތައް ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 43 މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ހަމަކުރެވިފައިވާ ތާޢީދު ތިރީހަށް ނާރައެވެ.

ކިޔުންތެރިންގެ ހިޔާލު