ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އަތުން 10 މިލިއަން ރުފިޔާވެ ބަދަލު ހޯދަން ރައީސް ނަޝީދު ކޯޓަށް ހުށައެޅުއްވި މައްސަލަ އަނބުރާ ގެންދަވައިފިއެވެ.
މެމްބަރު ޝަރީފް މީގެކުރިން ކުރެއްވި ޓްވިޓެއްގައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓައިލުމަށް 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫންގެ އިސްތަށިފުޅުގައި އެޅުވުމަށް ރައީސް ނަޝީދު ރޭއްވެވި ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ރާވާފައި އޮތީ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް ޓްވީޓުގައިވެއެވެ.
އަދި އެކަން ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
އެ މައްސަލާގައި ރައީސް ނަޝީދުގެ އަބުރަށް ގެއްލުން ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން އެދި ކުރެއްވި ދައުވާ ރައީސް ނަޝީދު އަނބުރާ ގެންދެވީ ޝަރީފްގެ ފަރާތުން މައްސަލާގައި ދިފާއުވެސް ހުށަހެޅުއްވި ފަހުންނެވެ.
އެގޮތުން މި މައްސަލަ މިހާރު ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށް ސިވިލް ކޯޓުން އިއްޔެ ކުރެއްވި ޙުކުމުގައިވެއެވެ. އަދި ދައުވާ އަނބުރާ ގެންދިއުމާ މެދު، ދައުވާ ލިބޭ ފަރާތުގެ އިތުރާޒެއް އޮތްތޯ ބެލުމަށް ގާނޫނުގައި ދޭ 28 ދުވަހުގެ މުއްދަތު ފަހަނަޅައި ދިޔައިރު ޝަރީފްގެ އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށާއި، ޝަރީފްގެ ފަރާތުން މައްސަލައިގެ ހަރަދު ހޯދަން ހުށައަޅާފައި ނުވާކަމަށްވެސް ޙުކުމުގައިވެއެވެ.
އެހެންވެ ކޯޓުން ނިންމާފައިވަނީ އެދައުވާގެ ފޯމު ބާތިލްވީ ކަމަށެވެ.
މި މައްސަލާގައި ރައީސް ނަޝީދު ތަމްސީލް ކުރައްވާ ލޯ ފާމް ލިޓިގަންޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝީދު ގަތުލުއާންމެއް ހިންގަން އުޅުއްވި ކަމަށް ބުނެ މެމްބަރު ޝަރީފް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ކުރެއްވި ޓްވީޓާ ގުޅިގެން އޭނާގެ ކިބައިން އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދީ، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.
މައްސަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިފައިވަނީ އެޓްވީޓުގެ ސަބަބުން އެމަނިކުފާނަށް ލިބިފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު