ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ނަން އިއްވެވުމުންވެސް މަޖިލީހުގެ ތަޅުން ދޫކޮށް ނުނިކުންނެވީ ޤަވާއިދާ ޚިލާފަށް އެކަން ކުރެއްވުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ރޮޒައިނާ ހިތްހަމަ ނުޖެހުން ފާޅުކުރަށްވާފައިވަނީ، އެމްޑީޕީން އިއްޔެ އިސްތިޢުފާ ދެއްވާފައިވާ މެންބަރުންނަށް އެމްޑީޕީއަށް ބަހުސްކުރުމަށް ލިބިފައިވާ ވަގުތުގެ ތެރޭގައި ރިޔާސަތުން ފުރުސަތު ދެއްވުމުންނެވެ. ރޮޒައިނާ ވިދާޅުވަމުން ގެންދެވީ އެކަމަކީ މަޖިލީހުގެ ޤަވާއިދާ ޚިލާފުކަމެއް ކަމަށެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ރޮޒައިނާގެ ނަން އިއްވެވި ނަމަވެސް ތަޅުމުން ނުކުމެވަޑައިގެންނެވުމަށް ރޮޒައިނާ ވަނީ ދެކޮޅު ހައްދަވާފައެވެ. ރޮޒައިނާގެ އިތުރުން މެންބަރު އަބްދުﷲ ޖާބިރާއި، މެންބަރު އަބްދުލްމުޣުނީގެ ނަންވެސް ރިޔާސަތުން ވަނީ އިއްވަވާފައެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުން ދޫކުރަށްވައި ނިކުންނަވަން ދެކޮޅު ހެއްދެވި ސަބަބު ހާމަކޮށްދެއްވަމުން ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުންވެސް ޢަމަލު ކުރަށްވަންވާނީ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ޤަވާއިދާ އެއްގޮތަށް އޭނާގެ ނަން އިއްވެވިނަމަ އެގޮތަށް ޢަމަލުކުރެއްވީސް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކުރާ އަމުރުތަކަށް މަޖިލީހުގެ މުވައްޒަފުންވެސް ކިޔަމަންވާން ނުޖެހޭނެ ކަމަށެވެ.
"ޤަވާއިދާ ޚިލާފު އަމުރަކަށް އަޅުގަނޑު ކިޔަމަން ވާކަށް ނުޖެހޭ." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވަނީ މަޖިލީހުގެ ޤަވާއިދުގައި މެންބަރުންގެ ނަން އިއްވުމަށް އޮންނަ ޢިބާރާތް މީސްމީޑިއާގައި ޙިއްސާ ކުރަށްވާފައެވެ. އެނޫން ގޮތަކަށް ނަން އިއްވައިފިނަމަ އެއީ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ނަން އިއްވީކަމަށް ނުބެލެވޭނެއެވެ.
މިއަދުގެ ޖަލްސާގައި ރޮޒައިނާގެ ނަން އިއްވެވުމުންވެސް މަޖިލީހުގެ ތަޅުން ދޫކުރަށްވައި ނިކުމެ ވަޑައިގެންފައިނުވާތީ ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ބޭނުމަކަށް ރޮޒައިނާ މަޖިލީހުގައި އިންނެވިކަމަށް ނުދެކޭ ކަމަށެވެ. އަދި އުފުލާލައިގެން ގަދަބާރުން ރޮޒައިނާ މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ބޭނުން ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 36 ވަނަ މާއްދާގައި މެންބަރުން މަޖިލީހުގައި ތަމްސީލު ކުރަށްވާ ޕާޓީގެ ދަފްތަރުން ވަކިވާނެގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން މެންބަރުން ޕާޓީގެ ދަފްތަރުން ވަކިވާނަމަ އެކަން އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި މަޖިލީހުގައި އޮންނަ ޕާޓީގެ ދަފްތަރަށް ބަދަލު އަންނާނީ މެންބަރުން އެކަން ރިޔާސަތަށް ލިޔުއްވުމުން ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

Majlis ge raees miadhu majlis ga alhuganduge nan ivvevee gavaidha khilaafah. Qavaidha khilaaf amurakah alhugandu kiyaman vaakah nujehey. Adhi majlis ge staff ves kiyaman vaakah nujehey. Nan ivvan onna usoolaa eggothah nan ivvevi nama nukutheemus. pic.twitter.com/1nGr2xdMxr
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 18, 2023
ރޮޒައިނާ ވަނީ މަޖިލީހުގެ ޤަވާއިދުގައި މެންބަރުންގެ ނަން އިއްވުމަށް އޮންނަ ޢިބާރާތް މީސްމީޑިއާގައި ޙިއްސާ ކުރަށްވާފައެވެ. އެނޫން ގޮތަކަށް ނަން އިއްވައިފިނަމަ އެއީ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ނަން އިއްވީކަމަށް ނުބެލެވޭނެއެވެ.
މިއަދުގެ ޖަލްސާގައި ރޮޒައިނާގެ ނަން އިއްވެވުމުންވެސް މަޖިލީހުގެ ތަޅުން ދޫކުރަށްވައި ނިކުމެ ވަޑައިގެންފައިނުވާތީ ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ބޭނުމަކަށް ރޮޒައިނާ މަޖިލީހުގައި އިންނެވިކަމަށް ނުދެކޭ ކަމަށެވެ. އަދި އުފުލާލައިގެން ގަދަބާރުން ރޮޒައިނާ މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ބޭނުން ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 36 ވަނަ މާއްދާގައި މެންބަރުން މަޖިލީހުގައި ތަމްސީލު ކުރަށްވާ ޕާޓީގެ ދަފްތަރުން ވަކިވާނެގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން މެންބަރުން ޕާޓީގެ ދަފްތަރުން ވަކިވާނަމަ އެކަން އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި މަޖިލީހުގައި އޮންނަ ޕާޓީގެ ދަފްތަރަށް ބަދަލު އަންނާނީ މެންބަރުން އެކަން ރިޔާސަތަށް ލިޔުއްވުމުން ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު