އެމްޑީޕީގެ ތެރޭގައި ވަކިން ފެކްޝަނެއް ހައްދަވައިގެން އުޅުއްވި 12 މެމްބަރަކު އަމިއްލައަށް ޕާޓީން ވަކިވުމަކީ ލިބުނު ވަރަށްބޮޑު ލުޔެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ 12 މެންބަރުން އަމިއްލައަށް ޕާޓީން ވަކިވުމުން ރިހޭ ދަތެއް ހެނދުނު ހޭލިއިރު ވެއްޓިފައި އޮތްކަމުގެ އިޙްސާސް ކުރެވިއްޖެ ކަމަށެވެ.
ފައްޔާޒް މިއަދު ވިދާޅުވީ، އެމްޑީޕީން އިއްޔެ ވަކިވި 12 މެންބަރުންގެ އެއްބާރުލުމެއް މިހާތަނަށްވެސް ޕާޓީއަށް ލިބިފައިނުވާ ކަމަށާއި އެހެންކަމުން މެންބަރުން ވަކިވުމުން އިތުރަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. އެމްޑީޕީއަކީ ސިޔާސީ ޕާޓީއެއް ކަމަށާއި، އެހެންކަމުން ޕާޓީން މެންބަރުން ވަކިވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް ވަކިވާ އަދަދަށްވުރެ ގިނައިން އެމްޑީޕީއަށް މެންބަރުން ވަންނާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ފިޔަވަޅު އެޅުމަކީ ކުރާހިތުން ކުރަށްވާ ކަމެއްނޫން ކަމަށާއި، ނަމަވެސް ބަޣާވާތަށް ގޮވައި ސަރުކާރު ވައްޓާލަން ގޮވުމުން ޕާޓީގެ ޢާއްމު މަސްލަޙަތު އިސްކުރަންޖެހޭ ކަމަށް ފައްޔާޒް މިއަދު ވިދާޅުވިއެވެ. އަދި އެމްޑީޕީން އިއްޔެ ވަކިވި ބޭފުޅުން ބޭނުންވަނީ ޕާޓީގައި ވަކި ބޭފުޅުން ކޮޅެއްގެ ބާރު އެކަނި އޮތުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ބާރަ މެންބަރުން ވަކިވުމުން ކުރެވުނު އިހުސާސަކީ، ރިހޭ ދަތެއް ހެނދުނު ހޭލިއިރު ވެއްޓިފައި އޮތްހެން." ފައްޔާޒު މިއަދު ވިދާޅުވިއެވެ.
އެމްޑީޕީން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ހަލުވި ދުވެލީގައި ފަށާފައިވާއިރު، ޕާޓީގެ މެނިފެސްޓޯއަށް މައުލޫމާތު ހޯދުމަށް ކުރިއަށް އޮތް ތިން ދުވަހު އެޕާޓީން ރާއްޖޭގެ ރަށްރަށަށް ދަތުރުކުރާނެ ކަމަށް އެޕާޓީން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މާދަމާ ހަވީރު ކޮންމެ ރަށެއްގައި އެމްޑީޕީގެ ދިދަ ނަގަން އެޕާޓީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު