އަޅުގަނޑުމެން މިއުޅެނީ އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދައި މިޤައުމު ހެޔޮ މިސްރާބެއްގައި ކުރިއަށް ގެންގޮސް ލިބުނު ކާމިޔާބީތައް އަނބުރާ އަނިޔާވެރިކަމަށް ފުރޮޅާލިޔަ ނުދިނުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އިސްމެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒް ވިދާޅުވީ ރައީސް ޞާލިޙް މަސައްކަތް ކުރަށްވަނީ އެމަނިކުފާނު ވެރިކަމުުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދުމުގެ މާލިމީއަކަށް ހުންނެވީ ރައީސް ޞާލިޙުކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ ރައީސް ޞާލިޙްގެ އަމާޒަކީ އެމްޑީޕީގެ މެންބަރުންގެ އަތުން ވެރިކަން ބީވިޔަ ނުދިނުންކަމަށެވެ. އަދި މިހާރު އެމްޑީޕީގެ މެންބަރުން ކުރަންޖެހޭ މަސައްކަތަކީ ޤައުމު ރަނގަޅު މިސްރާބަކަށް ގެންދިއުމުގެ މަސައްކަތް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީން ގެނައި އަދި ގެންނަމުންދާ ބަދަލުތައް އަނބުރާލުމުގެ ފުރުސަތު އެއްވެސް މީހަކަށް ދީގެން ނުވާނެ ކަމަށެވެ.
“އަޅުގަނޑުމެން މިއުޅެނީ އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދާ މިޤައުމު ހެޔޮ މިސްރާބެއްގައި ކުރިއަށް ގެންގޮސް ލިބުނު ކާމިޔާބީތައް އަނބުރާ އަނިޔާވެރިކަމަށް ފުރޮޅާލިޔަ ނުދިނުމަށް.” ފައްޔާޒް ވިދާޅުވެފައިވެއެވެ.
ފައްޔާޒު މިމޭރުމުން ވިދާޅުވެފައިވާއިރު ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މައުލޫމާތު އެއްކުރުމަށް ވެރިކަންކުރާ އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށަކަށް ކުރާ ކެމްޕެއިން ދަތުރުތަކެއް މިހާރު ވަނީ ފަށާފައެވެ.
އެމްޑީޕީން ބުނީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ރިޔާސީ 2 ދައުރު ކާމިޔާބުކުރުމަށް އެމްޑީޕީ ފަށާ ކެމްޕޭނަށް މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ކުރާ ދަތުރުތަކެއް އިއްޔެ ފަށާފައިވާކަމަށެވެ. އެމްޑީޕީން ބުނީ ރަށްރަށަށް ދަތުރުކުރާ އެމްޑީޕީގެ ވަފްދުތަކާއި އަތޮޅުތަކުންވެސް މަންދޫބުން ގުޅިވަޑައިގަންނަވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު