މިއަހަރުގެ މާޗުމަހު އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރަވިސްއިން ބުނެފިއެވެ.
ކަރެކްޝަނުން އާންމުކޮށްފައިވާ މާޗް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެ މަހުގެ ތެރޭގައި 44 މީހަކު ޖަލަށްލާފައިވާއިރު، މީގެ ތެރެއިން 39 މީހުންނަކީ ހުކުމްކޮށްފައިވާ މީހުންނެވެ. އަދި 5 މީހުންނަކީ ޝަރީއަތް ކުރިއަށްދާތީ ބަންދުކުރެވުނު މީހުންނެވެ.
ޖަލަށް ލާފައިވާ 44 މީހުންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މީހުންނެވެ. އެއީ ޖަލަށްލި މީހުންގެ 43.6 އިންސައްތައެވެ.
ވައްކަން ކުރުމުގެ މައްސަލައިގައި 20.5 އިންސައްތަ މީހުން ޖަލަށްލީ އިރު، ހުއްދަ ނެތި އެހެން މީހުންގެ މުދަލަށް އަރައިގަތުން ނުވަތަ ވަތް މައްސަލައިގައި 10.3 އިންސައްތަ މީހުން ހިމެނެއެވެ.
މަކަރާއި ހީލަތް ހެދުމުގެ މައްސަލައިގައި 2.6 އިންސައްތަ މީހުން މާޗު މަހު ޖަލަށް ލާފައިވާއިރު، މުދަލަށް ހުއްދަ ނޫން ގޮތުގައި އަރައިގަތް މައްސަލައިގައި 10.3 އިންސައްތަ މީހުން ޖަލަލަށްލާފައިވެއެވެ.
މީގެ އިތުރުން ކުޑަކުދިންނާއި ބެހުނު މީހުންނާއި، މުދަލަށް ގެއްލުން ދިނުމާއި ބިރު ދެއްކުމުގެ މައްސަލައިގައި ވެސް މާޗުމަހު މީހުން ޖަލަށްލާފައިވެއެވެ.
ކަރެކްޝަނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާޗް މަހު 32 މީހުން ޖަލުން މިނިވަންވެފައިވެއެވެ. އޭގެތެރެއިން 19 މީހުންނަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހުންނެވެ. 13 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ މީހުންނެވެ.
މިނިވަންވި ގައިދީންގެ ތެރޭގައި ހިމެނޭ 14 ގައިދީންނަކީ ހުކުމް ތަންފީޒުކޮށް ނިމުނު ގައިދީންނެވެ. ތިން ގައިދީއަކީ ކްލެމެންސީގެ ދަށުން މިނިވަންވި ގައިދީންނެވެ. އަދި އެއް ގައިދީއަކު ޕެރޯލްގެ ދަށުން މިނިވަންވެފައިވެއެވެ.
މީގެ އިތުރުން 13 މީހަކު ބަންދުގައި ބަހައްޓަން ކޯޓުން ކުރި އަމުރު ބާތިލްކުރުމުން ދޫކޮށްލާފައިވާއިރު، ހުކުމް ބާތިލްކޮށްގެން އެކަކު ވަނީ މާޗުމަހު މިނިވަންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު