ސިޔާސީ މީހުންނަށް ކުރިމަގު ގެއްލިފައިއޮތް އެމްޑީޕީގެ ދޮރު މިހުޅުވުނީ މާއުޖާލާކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާމަނިކު މިއަދު ވިދާޅުވެއްޖެއެވެ.
މޫސަ މިމޭރުމުން އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރަށްވާ އިސްމެންބަރުން އެމްޑީޕީން އިސްތިއުފާ ދެއްވުމަށްފަހު އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވުމުންނެވެ.
މީގެ ކުރިން އެމްޑީޕީގައި ރައީސް ނަޝީދާއި ޚިޔާލު ތަފާތުވާ މެންބަރުންނަށް ޖެހިވަޑައިގަންނަވަނީ ޕާޓީން އިސްތިޢުފާ ދެއްވުމަށެވެ. އެގޮތުން ޕާޓީގެ ކުރީގެ ރައީސުން ކަމަށްވާ ޑރ. މުޙައްމަދު މުނައްވަރާއި އިބްރާހިމް އިސްމާޢީލާއި ޑރ. އިބްރާހިމް ޑީޑީއާއި ނައިބުރައީސް އަލްހާން ފަހުމީއަށްވެސް ޖެހިވަޑައިގަތީ ޕާޓީން އިސްތިޢުފާ ދެއްވުމަށެވެ.
ރައީސް ނަޝީދުގެ ސިޔާސީ ބާރުވެރިކަން އެމްޑީޕީން ގެއްލުމާ ގުޅިގެން ރީކޯ މޫސަ ވިދާޅުވީ މީގެ ބާރަ އަހަރު ކުރިން 20 މެއި 2011 ވަނަ ދުވަހު އެމްޑީޕީއާ ގުޅިވަޑައިގަތް ކުރީގެ ޗެއަރޕަރސަން އަލީވަހީދުވެސް އެމްޑީޕީން ބޭރުކޮށްލީ ވަކިމީހެއްގެ ސިޔާސީ ކުރިމަގަށް ހުރަސްއެޅިދާނެތީ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ސިޔާސީ މީހުނަށް ކުރިމަގު ގެއްލިފައޮތް އެމްޑީޕީގެ ދޮރު އަލުން ހުޅުވިގެން މިދަނީ މާއުޖާލާކޮށް.” ރީކޯ ވިދާޅުވިއެވެ.
ވަރަށް ވާދަވެރި ފޯރިގަދަ ރިޔާސީ ޕްރައިމަރީ އިންތިޚާބަކަށްފަހު ފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ވާދަކުރަށްވައި ބޮޑު ތަފާތަކުން ކުރި ހޯއްދެވީ އިސް ލީޑަރު ރައީސް، އިބްރާހިމް މުޙައްމަދު ސާލިޙެވެ.
އެ އިންތިޚާބަށްފަހު ރައީސް ނަޝީދަށް ތާޢީދުކުރަށްވާ މެންބަރުން ގެންދެވީ އެމްޑީޕީއާ ވަކިން “ފިކުރެއްގެ ދިރުމުގެ” ނަމުގައި ސިޔާސީ ޙަރަކާތެއް ގެންދަވަމުންނެވެ. އަދި އެމްޑީޕީގެ ރަސްމީ ހުރިހާ ގުނަވަންތަކެއްގެ ކޮންޓްރޯލް ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާ ބޭފުޅުން ނެންގެވުމުން ރައީސް ނަޝީދުގެ އަރިސް ބޭފުޅުން މިހާރުވަނީ އައުޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފަށްޓަވާފައެވެ.
ރައީސް ނަޝީދުގެ އަރިސް ބޭފުޅުން އެމްޑީޕީން ވަކިވެ ވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައެއް ނުވެއެވެ.

މީގެ12 އަހަރުުުކުރިން 20 މޭ 2011ވަނަދުވަހު މިޕާޓީއަށްގުޅުނު ކުރީގެޗެއަރ އަލީވަހީދުވެސް ޕާޓީން ބޭރުކޮށްލީ ހަމަ ވަކިމީހެއްގެ ސިޔާސީ ކުރިމަގަށް ހުރަސްއެޅިދާނެތީ، އިރާދަކުރެއްވިއްޔާ ސިޔާސީ މީހުނައް ކުރިމަގުގެއްލިފައޮތް MDPގެދޮރުއަލުންހުޅުވިގެންމި ދަނީ މާއުޖާލާކޮށް pic.twitter.com/pUTyXbkwUp
— Moosa Maniku (Reeko) (@ReekoMoosa) May 20, 2023
ވަރަށް ވާދަވެރި ފޯރިގަދަ ރިޔާސީ ޕްރައިމަރީ އިންތިޚާބަކަށްފަހު ފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ވާދަކުރަށްވައި ބޮޑު ތަފާތަކުން ކުރި ހޯއްދެވީ އިސް ލީޑަރު ރައީސް، އިބްރާހިމް މުޙައްމަދު ސާލިޙެވެ.
އެ އިންތިޚާބަށްފަހު ރައީސް ނަޝީދަށް ތާޢީދުކުރަށްވާ މެންބަރުން ގެންދެވީ އެމްޑީޕީއާ ވަކިން “ފިކުރެއްގެ ދިރުމުގެ” ނަމުގައި ސިޔާސީ ޙަރަކާތެއް ގެންދަވަމުންނެވެ. އަދި އެމްޑީޕީގެ ރަސްމީ ހުރިހާ ގުނަވަންތަކެއްގެ ކޮންޓްރޯލް ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާ ބޭފުޅުން ނެންގެވުމުން ރައީސް ނަޝީދުގެ އަރިސް ބޭފުޅުން މިހާރުވަނީ އައުޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފަށްޓަވާފައެވެ.
ރައީސް ނަޝީދުގެ އަރިސް ބޭފުޅުން އެމްޑީޕީން ވަކިވެ ވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު